އުމުރުން 15 އަހަރާއި 39 އަހަރާއި ދެމެދުގެ ކޮންމެ ދިވެއްސަކަށް މުސްޙަފެއް ދޫކުރަނީ

8 months ago

އާދަމް ޙަނީފް

މުޞްޙަފް މާދީފްގެ އެއްލައްކަ މުޞްޙަފް ރާއްޖެއަށް ގެނެސް މުސްޙަފްތައް ދޫކުރަން ފަށައިފިކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

“ކޮންމެ ދިވެއްސަކަށް މުޞްޙަފެއް” މި ޝިޢާރުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒާއި ބަޙްރެއިންގެ ޤުރުޢާން ކެއަރ ސޮސައިޓީ ގުޅިގެން ހިންގާ މި މަޝްރޫގައި އުމުރުން 15 އަހަރާއި 39 އަހަރާއި ދެމެދުގެ ކޮންމެ ދިވެއްސަކަށްވެސް މުޞްޙަފް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަ ގަޑި ތިރީހުން މެންދުރުފަހު އެއްގަޑި ތިރީހާއި ހަމައަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މުޞްޙަފް ދޫކުރައްވާނޭ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.

މާލޭގައި މުޞްޙަފް މާދީފް ބެހުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖެތެރޭގެ އެކި ހިސާބުތަކުގައިވެސް މުޞްޙަފް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވިއެވެ. އަދި އިތުރު މުޞްޙަފްތަށް ލިބުނުހާ އަވަހަކަށް އިތުރު އުމުރުފުރާގެ ބޭފުޅުންނަށް މުޞްޙަފް ދޫކުރައްވާނެކަމަށްވެސް މުޙައްމަދު އަޙްސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު