
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
8 months ago
ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 260،000 ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބިޑްތައް ހުޅުވުން އޮންނާނީ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.
ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާއިރު، ދާދިފަހުން ވަނީ އެ ރަށުން ދިރިއުޅުމަށްޓަކައި ދޫކުރާ 243 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 އިން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި 700 އެއްހާ މީހުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އަދި މިހާތަނަށް ގޯތި ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައެއް ނުވެއެވެ.