
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
މަރުވި ތިން މީހުންގެ ތެރެއިން އެކަކީ 9 އަހަރުގެ އަންހެން ކުއްޖެކެވެ. މިކުއްޖާ މަރުވެފައި ވަނީ ސްކޫލުގައި އުޅެނިކޮށް ފާރެއްގެ ދަށުވެގެންނެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖީ އޭޖެންސީން ނެރުނު ބަޔާނެއްގައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 15.4 ކިލޯމީޓަރު އަޑިންނެވެ. އަދި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 6.1 ގައި އައި ބިންހެލުމެއް ކަމަށް ވެސް މައުލޫމާތުދެ އެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ވަނީ ބިންހެލުމާ ގުޅިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި މައުލޫމާތު ދެއްވައިފަ އެވެ.
އާބޭ ވިދާޅުވި ގޮތުގައި ޖަޕާނުން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ބަދަހިކޮށްކަމަށާއި މި ވަގުތު އެންމެ މުހިންމީ މީހުން ސަލާމަތް ކުރުން ކަމެވެ.
ބިންހެލުމުގެ ސަބަބުން އޮސާކާގެ ރޭލުދަތުރުތަކާއި ރަސްމީ އިދާރާތަކާއި ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.