
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
4 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
4 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
4 years ago
4 years ago
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
މިއީ ދިވެހި ފައިސާއިން 41 މިލިއަން ރުފިޔާގެ އެހީއެކެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް 2.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާކަން ފޮރިން މިނިސްޓްރީން ވަނީ އިއްޔެ ހާމަކޮށްފައެވެ.
ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދިން މި އެހީއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ދެވުނު އެހީއެކެވެ. މީގެ ކުރިންވެސް ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެހީ ދީފައިވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި ޑރ. އާސިމް ވަނީ ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ މިފަދަ އެހީތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.