
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
10 months ago
ދ. ކުޑަހުވަދޫން ބަންޑާރަށް ގޯޗަށްއެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމުކޮށްފިއެވެ.
ކުޑަހުވަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ގޯޗަށް ކުރިމަތިލުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު، ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް ގެޒެޓްގައި އާއްމުކޮށްފައިވާ ކަމަށެވެ.
ވީމާ، ޕޮއިންޓްދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ފޯމް ހުށަހެޅުމަށްފަހު ވަގުތީ ލިސްޓް އާއްމުކުރުމާ ހަމައަށް، ދަރިއަކުލިބިފައިވާ ފަރާތްތަކުން ފޯމުގައި އެދަރިއެއްގެ (ދުނިޔޭގައި ހުރި ދަރިއެއްގެ) މަޢުލޫމާތު ހިމަނަން ބޭނުންވާނަމަ، ރަސްމީ ލިޔުންތަކާއެކު ހުށަހެޅުއްވުމަށް ކައުންސިލުން އެދެއެވެ.
ކައުންސިލުން ބުނީ ފޯމްތަކަށް ޕޮއިންޓް ދީފައިވާނީ، ފޯމް ހުށަހެޅި ފަރާތުން ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތައް ބެލުމަށް ފަހުގައި ކަމަށާއި ޕޮއިންޓް ދިނުމުގައި، ރަސްމީ އެއްވެސް އިދާރާއަކުން މަޢުލޫމާތު ހޯދާފައި ނުވާތީ، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީ އިދާރާތަކުން ހޯދުމަށްފަހު، މިހާރު ދީފައިވާ ޕޮއިންޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ފޯމްތަކަށް ޕޮއިންޓް ދިނުމުގައި ގޯތިކޮމެޓީން ލިޔެވިފައިވާ ކުށެއްފާހަގަ ކުރެވިއްޖެނަމަ އެކަމެއްވެސް އިސްލާހްކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުން އިތުރަށް ބުނީ ފޯމާއި ގުޅޭ ޝަކުވާ އާއި ފޯމް ހުށަހެޅި ފަހުން ލިބިފައިވާ ދަރިންގެ މަޢުލޫމާތު ހިމަނަން ބޭނުންވާ ފަރާތްތަކުން އިޢުލާނާ އެކުގައިވާ ފޯމް ފުރިހަމަކުރުމަށްފަހު 2023 މި މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ.