އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫން ދޫކުރާ ގޯތީގެ އަދަދު 345 އަށް އިތުރުކުރަން ނިންމައިފި

1 year ago

އަފްރާހް އަބްދުއްރަޝީދު

ދ. ކުޑަހުވަދޫން ދޫކުރުމަށް ކަނޑައަޅާފައިވާ ބަންޑާރަ ގޯތީގެ އަދަދު 345 އަށް އިތުރުކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.


ކުޑަހުވަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި އެރަށުން 243 ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން 30 އޮގަސްޓް 2022ގައި ކޮށްފައިވާ އިއުލާނާ އެއްގޮތަށް އެކައުންސިލަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން އެ އަދަދު 102 ގޯއްޗަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިބުރުގައި ކުޑަހުވަދޫން ދޫކުރާ ބަންޑާރަ ގޯތީގެ ޢަދަދަކީ 345 ކަމުގައި މިއަދު އެ ކައުންސިލުން ނިންމާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.


ކައުންސިލުން ބުނީ މި 102 ގޯތި އިތުރުކުރުމަށް ނިންމާފައިވަނީ، ކުޑަހުވަދޫ ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކައުންސިލުން ފާސްކޮށްފައިވާ ގައިޑްލައިންގެ "A" ކެޓަގަރީގެ ބަޔަށްކަމަށެވެ. އަދި ގޯތި ދޫކުރުމަށް 30 އޮގަސްޓް 2022ގައި ކޮށްފައިވާ ޢިއުލާނާ އެކު އެއްކަރުދާސް ކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ، މި ބުރުގައި ދޫކުރާ ގޯތިތަކުގެ ނަންބަރުތަކަށް ބަދަލުގެނެވިފައިވާތީ، އަލުން ތަރުތީބް ކޮށްފައިވާ ނަންބަރުތައް އެނގޭނޭ ޗާޓް މިއަދުގެ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.


ކުޑަހުވަދޫން ދޫކުރާ ގޯތީގެ އަދަދު 345 އަށް އިތުރުކުރަން ނިންމާފައިވާއިރު، އެރަށު ކައުންސިލުން މިއަދު ބަންޑާރަށް ގޯޗަށްއެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް ވެސް އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު