އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫއަކީ އަޅުގަނޑު އެންމެ ބޮޑަށް އަޅާލާނެ އެއް ރަށް: ނަޝީދު

1 year ago

އަފްރާހް އަބްދުއްރަޝީދު

ދ. ކުޑަހުވަދޫއަކީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ބޮޑަށް އަޅާލާނެ އެއް ރަށަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުން މިއަދު ކުޑަހުވަދޫއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ވެރިންގެ ތައްޕާހުން ތަރައްގީ ގެނައުމަކީ އެމްޑީޕީ ސިޔާސަތު ނޫން ކަމަށެވެ.


ނަޝީދު ވިދާޅުވީ ކުޑަހުވަދޫ އަކީ ރާއްޖޭގައި ބޮޑު ރަށެއް ކަމަށާއި މިކަހަލަ ރަށަކަށް ކުރަންޖެހޭ ހަރަދު ބޮޑުވާނެ ކަމަށެވެ. އަދި ކުޑަ ރަށެއް، ފަޅު ރަށެއް ނުބަލައި ރަށް ރަށް ކޮށްނަމުން ދިއުމަކީ ގަބޫލުކުރެވޭ ކަމަށް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.


"ކުޑަހުވަދޫ އަކީ ރާއްޖޭގައި ބޮޑު ރަށެއް. މި ރަށްތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާނެ. އަޅާލަން ޖެހޭ މިންވަރު ބޮޑުވާނެ. ކުޑަ ރަށްރަށް ފަޅުރަށްރަށް ނުބަލައި، އެޔެއް މިޔެއް ނުބަލައި އަޅުގަނޑުމެން ރަށްރަށް ކޮންނަމުން ގެންގޮސްގެން ނުވާނެ. އެއީ ހަމައެއްވެސް ނޫން އެއީކީ އިންސާފެއްވެސް ނޫން." ނަޝީދު ވިދާޅުވިއެވެ.


ނަޝީދު އިތުރަށް ވިދާޅުވީ ހަމަހަމަކަން ގެންގަން ޖެހޭނީ ރައްޔިތުންގެ މެދުގައި ކަމަށާއި ރަށެއްގެ މެދުގައި ނޫން ކަމަށެވެ. އަދި މީހުން މަދު ރަށަކާއި މީހުން ގިނަ ރަށަކާ އެއްވަރު ނުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންގެ މެދުގައި ކުރެވޭ ތަފާތެއް ކަމަށެވެ.


"އަޅުގަނޑު ޔަގީންކޮށް އަރުވަން މިރަށާއި ބޮޑު ރަށަކަށް ވުރެ އަދި ކުޑަ ރަށަކަށްވުރެ މާބޮޑަށް އަޅާލާނަން. އެނޫން ވިސްނުމެއް ގެންގުޅެން ވެއްޖެ ނަމަ ކުދި ރަށްރަށުގެ ހަލާކު." ނަޝީދު ވިދާޅުވިއެވެ.


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.


އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު