އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން : 4 ވަނަބައި

2 years ago

އިބްނު ޙަސަން

އެހެން މީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން

އަނަސްގެފާނުގެ ކިބައިން ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "لاَيُؤمِنُ أَحَدَكُم حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفسِهِ" މާނައީ:''އެމީހެއްގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ ހުރިހާ ރަނގަޅުކަމެއް އޭނާގެ އަޚާއަށްވެސް ލިބުމަށް ނޭދޭހާ ހިނދަކު ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންކަން ފުރިހަމަވީ ކަމުގައި ނުވެއެވެ.'' ސަލާމަތާއި އަމާންކަމުގެ މި ދީނުގައި އެކަކު އަނެކަކަށް ގެއްލުންދިނުމެއް ނުވާކަން ރަޙުމަތުގެ ނަބިއްޔާގެ މި ބަސްފުޅުން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އެކަކު އަނެކަކަށް އެދެންޖެހެނީ ރަނގަޅަށް ކަންތައްވުމަށެވެ. ދެރައެއް ލިބުމަށް އެދޭނަމަ އީމާންކަން ފުރިހަމަ ނުވާކަމުގައި އެކަލޭގެފާނު z އެވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެން މީހުންގެ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކާތެރިވުމަކީ މުހިންމު ޒިންމާއެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.


1. އަނެކާގެ ފުރާނައަށް ރައްކާތެރިވުން:

އަމިއްލަ ނަފްސުގެ ފުރާނައަށް ރައްކާތެރިވީ ބީދައިން އަނެކާގެ ފުރާނައަށް ރައްކާތެރިވުމަކީ އިސްލާމްކަން ލާޒިމްކުރާ ކަމެކެވެ. މާތް ﷲ އެކަލާންގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ.(وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ‎﴿٦٨﴾ )ސޫރަތުލް ފުރްޤާން- މާނައި: ''އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާއި ބައްދައްލުކުރާނެތެވެ.''


2. ޙަސަދަވެރިނުވުން:

ޙަސަދަވެރިކަމަކީ ނުބައިކަން ބޮޑުވެގެންވާ ޞިފަތަކުގެ ތެރޭގައި ހިމެނޭ ޞިފައެކެވެ. އެހެން މީހުންނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ހިތްހަމަނުޖެހުމާއި، އެނިޢުމަތް ތިމާއަށް ލިބުމަށްއެދި އަނެކުންނަށް އެނިޢުމަތް މަޙްރޫމުވާން އެދުމަކީ ޙަސަދަވެރިވުމެވެ. ތިމާގެ އަޚާގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި ޙަސަދައާއި ދުރުހެލިވާންޖެހެއެވެ. އެހެނީ އެއީ ރުޅިވެރިކަމާއި ޢަދާވާތްތެރިކަމަށް އަދި އަނިޔާވެރިކަމަށް ހުޅުވިގެންދާ ބިރުބޮޑު ދޮރެކެވެ. އަދި އެއީ ތިމާގެ ހެޔޮ ޢަމަލުތައް ކައި ހުސްކޮށްލާ އެއްޗެކެވެ. މިކަން ބަޔާންކުރައްވައި މާތްނަބިއްޔާ z ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ތިޔަބައިމީހުން ޙަސަދައާއި ދުރުހެލިވާށެވެ. ހަމަކަށަވަރުން އަލިފާން ދަރުކާ ފަދައިން ޙަސަދަވެރިކަން، ޙަސަދަވެރިޔާގެ ހެޔޮ ޢަމަލުތައް ކައި ހުސްކުރެއެވެ.'' ޙަސަދަވެރިވުމުގެ ސަބަބުން އަނެކާއަށް ކޮންމެފަދަ ގެއްލުމެއްދޭން ފަސްނުޖެހޭތަން އާދެއެވެ. މިއީ ދުރުވާންޖެހޭ ޞިފައެކެވެ.


3. އަނެކާގެ މުދަލަށް ރައްކާތެރިވުން:

މުދަލަކީ ﷲ އިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި މިންވަރަކަށް އެކަލާންގެ ދެއްވާ ނިޢުމަތްތަކުގެ ތެރެއިން ހިމެނޭ ނިޢުމަތެކެވެ. އެނިޢުމަތައް ރައްކާތެރިވާންޖެހެއެވެ. އަނެކާގެ މުދަލާއި ފުރާނައާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ. ނަބިއްޔާ z ޙަދީޘް ކުރައްވާފައިވެއެވެ. ''كُلُّ المُسلِمِ عَلَى المُسلِمِ حَرَامٌ مَالُهُ وَدَمُهُ وَعِرضُهُ"(رواه مسلم) މާނައީ: ''ކޮންމެ މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްގެ މުދަލާއި ފުރާނައާއި އޭނާގެ އަބުރު ޙަރާމްވެގެންވެއެވެ.''


އަދިވެސް، މިނޫނަސް އަނެކާގެ ނަފުސައްގެއްލުންވާފަދަ އެއްވެސް ޒާތެއްގެ ޢަލަމެއް ހިންގުމީ އިސްލާމްދީން އެކަންކަން މަނާކޮށްފައިވާ ކަންކަމެވެ. އަނެކާގެ ޢަބުރައް އަރައިގަތުމާއި ދޮގު އިލްޒާމްތައް އެޅުވުމީ އެކަމުގެ ޢުޤޫބާތް ޤިޔާމަތްދުވަހުން އެމީހަކަށް ކުރިމަތިވާނޭ ކަންކަމެވެ. ހަމައެހެންމެ މުސްކުޅި ޙާލުގައިވާ މީހުންނަށް އަޅާލުމާއި، ކުޑަ ކުޑިންނަށް އޯގާތެރިވުމާއި، އަނބިދަރިންނަށް އަޅާލުން މިއީ ރިވެތިވެގެންވާ އަދަބުތަކެވެ. އަނެކާގެ ނަފްސައް ތަސައްލީ ލިއްބައިދޭނެ، ހިތްހަމަޖެހުންގެނެސްދޭނޭ ކަންކަމެވެ. ގެވެށި އަނިޔާއާއި ޖިންސީ ފުއްރައްސާރަކުރުމަކީ ނޭދެވޭ ހަޑި މުޑުދާރު ކަންކަމެވެ. މުޖުތަމަޢުގައިވާ މިފަދަ އިޖުތިމާޢީ ބަލިތައް ނައްތާލެވޭނީ އަނެކުންނަށް އިޙްތިރާމުކުރުމާއި ސަލާމަތާއި އަމާންކަން ފެތުރުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު