އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކޮވިޑުގެ ސަބަބުން ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުކެނޑުން

2 years ago

އިބްނު ޙަސަން

ރޭގެ ވަގުތެއްގައި ކުޑަހުވަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވުމުގެ ސަބަބުން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. ތަޢުލީމީ މަރުކަޒުގެ ކިޔެވުން 11 މެއި 2021 ވާ، އަންގާރަ ދުވަހުން ފެށިގެން މެދުކަނޑާލައިފައިވާކަމަށް، ބެލެނިވެރިންގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕްގައި ރޭގެ ވަގުތެއްގައިވަނީ އަންގާފައެވެ.


ބެލެނިވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ އިޢުލާނުގައި އަންގާފައިވަނީ، ކުޑަހުވަދޫއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީވެ، މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން ސްކޫލުގެ ކިޔެވުން ކުރިއަށް ނުގެންދާނޭ ކަމުގައެވެ. އެހެންނަމަވެސް މިދުވަސްވަރަކީ ގުރޭޑު 10 ގެ ދަރިވަރުންގެ ޓެސްޓުތައް ކުރިއަށްދާ ދުވަސްވަރަށް ވުމާއިއެކު، 10 ގެ ދަރިވަރުންގެ ޓެސްޓުތައް ކުރިއަށް ގެންދާނެކަމަށް އިޢުލާނުގައިވެއެވެ.


މިވަގުތު ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާތީ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފައި ވީނަމަވެސް، ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިމުމާއެކު ގުރޭޑު 9-12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ފެށުމަށް ނިންމާފައިވާކަމަށާއި، އެހެނިގެން ގުރޭޑުތަކަށް އޮންލައިން ކުލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ކުޑަހުވަދޫ އޮންލައިންއަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިއީ މީގެ ކުރިންވެސް ކުޑަހުވަދޫގައި ޢަމަލުކޮށްފައިވާ ގޮތެވެ.


ކޮވިޑުގެ މި ޙާލަތުގައި ގޭގައި ހުރިހާ ކުދިން މަޑުކޮށްގެން ތިބޭ ތިބުމުގައި ފިލާވަޅުތައް މުޠާލިއާކޮށް، ނިންމަންހުރި މަސައްކަތްތައް ނިންމުމަކީ ބުއްދިވެރިކަމެކެވެ. އަދިހަމައެހެންމެ ގިނައިން ފޮތްކިޔައި މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. ސްކޫލަށް ނުދެވުމުން ވާ ދެރަ ކުޑަކުރުމަށް ވަކި ޓޭބަލްއެއް ހަދައި ޢަމަލު ކުރުމަށް ކޮންމެ ދަރިވަރަކުމެ ޢަޒުމްކަނޑައަޅާށެވެ.


ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައިކޮށް، ﷲ އަށް ދުޢާކޮށް ނަމާދުތަކަށް ރައްކާތެރިވެ، ކޮންމެ ދަރިވަރަކުމެ ފަރުދީ ޒިންމާ ނަގާށެވެ. 

ކިޔުންތެރިންގެ ހިޔާލު