
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
4 years ago
2018 ވަނަ އަހަރުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އާދައިގެމަތިން ކަންކަމައިގެން މަޝްޢޫލުވެ އުޅުނީމެވެ. ވަކިތަފާތުކަމެއް ދުވަހުގައި ފާހަގަކުރެވިފައިނެތެވެ. އެންމެންވެސް ފެންނަނީ އެމީހެއްގެ ދިރިއުޅުމާއިގެން އުޅޭތަނެވެ.
ދުވަހުގެ އިރުއޮއްސި އަނދިރިވީއިރުވެސް ލިބިދާނެ ޚަބަރަކާމެދު ކަންބޮޑުކަމެއް ހާސްކަމެއްނެތެވެ. ނަމަވެސް ކުލަވަރު ބަދަލުވެ ހިތަށް ބިރުވެރިކަން ލިބުނީ ކުއްލި ޚަބަރެއްގެ ސަބަބުންނެވެ. އާދެ! އެންމެން ދަންނަ ބަންކަރު މޯޑު، ލާންޗު އެކްސިޑެންޓްވެ ގެއްލިގެން ހޯދަމުންދާ ވާހަކައިންނެވެ. ނޫސްތަކުގެ ސުރުހީތަކަށް ޚަބަރުއަރައިފިއެވެ. އިސާހިތަކު ފޮޓޯތަކާއި ވީޑިއޯތަށް ދައުރުވާން ފަށައިފިއެވެ.
ޚަބަރު ލިބުމާއެކު އަޅުގަނޑަށްވެސް ޔަޤީންކުރުމަށް އަޚާގެ ނަންބަރަށްވެސްގުޅުނެވެ. ހާސްކަމުގެތެރޭގައި ދުޢާކޮށްލަކޮށްލާ ތިބެންޖެހުނެވެ. އަޚާ ފެނޭތޯއެވެ. ދިރިހުންނާނެ ކަމަށް އުއްމީދު ކުރެވުނީތީއެވެ. އެހެނަސް އިލާހީ ޤާނޫނުގައިވާ ގޮތުގެމަތިން އަޚާގެ ވަގުތު ހަމަވީއެވެ. ކުއްލި ސިހުމާއި ރިހުމެއްގެނުވާފައެވެ. އެތަކެއް އިންޒާރުތަކެއް،އެވަކިވުމުން އަހަރެންނަށާއި ވިސްނާބަޔަކަށް ދެމުންނެވެ. އެއީ ހަމަ ކުއްލި ވަކިވުމެކެވެ. ކުއްލި މަރެކެވެ.
ދުވަސްތަކެއްފަހެވެ. މާލޭގައި ހުއްޓައި ރައްޓެއްސެއް ފޯނުކުރިއެވެ. ގެ ކައިރި އަވައްޓެރިއެއް ގެއްލިގެން ހޯދާކަމަށް ބުންޏެވެ. އެއީ އުފެދުމުގައި އުނިކަމެއް ހުއްޓެއްކަމަކު މިސްކިތުން ފެންނަ މިސްކިތައް ދާހިތުން ގޮސްއުޅޭ ކުއްޖެކޭބުނުން ކުށަކަށްނުވާނެއެވެ. ކޮންމެއަކަސް އެދުވަހުގެ މެންދުރުފަހު ލިބުނު ޚަބަރަކީ އެ މިތިރު މޫދުގައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދެވުނު ވާހަކައެވެ. އާދެ! ފަތަންނުދަންނަ މިކުއްޖާވެސް ކުއްލިއަކަށް އަހަރެމެންނާ އެވަކިވީއެވެ. ހެޔޮޙާލުގައި ހުރިފުރާނައެކެވެ. ހަމަކުއްލިއަކަށް މަރު ބައްދަލުކިރީއެވެ.
އަހަރު ނިމެން އައީ އިސްވެދިޔަ ދެ ޙާދިޘާ ސިކުޑީގައި އެނބުރި އެނބުރި ހުއްޓައެވެ. އެހެނަސް އެބޮޅަށް ކަމެއް އިތުރުވެސް ކުރުވަމުންނެވެ.
އެއީ ހަވީރުގެ ވަގުތެއްކަމުން ދަރިފުޅު ގޮވައިގެން ހަވީރުގެ ހިތްގައިމުކަން ލިބިގަތުމަށް ސައިކަލު ދުއްވާލަން ނިކުތީމެވެ. އާދައިގެމަތިން ބަނދަރުމަތިން ދަތުރުކުރަމުން ދިޔައީމެވެ. އޭރު ބަނދަރުގައި ދަތުރެއް ދިއުމައްޓަކައި ރައްޓެހިންތަކެއް ލާންޗެއްގެ ތެރޭގައި ތައްޔާރުވެ ތިއްބެވެ. ކުޑަކޮށް ބަނދަރުގައި މަޑުކޮށްލުމަށްފަހު އެތަނުން ދިޔައީމެވެ.
އެރޭ ރައްޓެހިންތަކަކާއެކު ވާހަކައެއްގައި ހުރިވަގުތެކެވެ. ކުއްލިއަކަށް ލިބުނު ޚަބަރަކީ ދަތުރު ދިޔަމީހަކު މަރުވި ވާހަކައެވެ. ކުއްލި އަކަށް ލިބުނު ޚަބަރުން ހުއްޓުންއެރިއެވެ. އަދި އަވަހަށް އެންމެންވެގެން ހޮސްޕިޓަލުގެ ކައިރިއަށް ޚަބަރުބެލުމަށް ދިޔައީމެވެ. އެނގުނުގޮތުން އެއީވެސް ހަމަ ކުއްލިއަކަށް ވެނިމިދިޔަ ކަމެކެވެ. އެންމެންނާގުޅެ މަސައްކަތްތެރި ހީވާގި ޒުވާނެއްގެ ކުއްލި ވަކިވުމުން މުޅި ހޮސްޕިޓަލް ސަރަޙައްދު ފުރާލިއެވެ. އެއީވެސް ކުއްލި މަރެކެވެ.
ކިޔުންތެރިންނެވެ! މި ޙަދިޘާތަކުން ޢިބިރަތެއް ޙަޞިލިކުރުމަށް ކިހާވަރަކަށް މަސައްކަތްކުރަންތޯއެވެ?!
މިކަންކަން މިމޭރުމުން ހިނގައިފައިވާއިރު ޣާފިލުކަންމަތީގައި ނަފުސު އިޞްލާޙުކުރުމެއްނެތި އުޅޭ ޒުވާނުންނޭވެ! ދާދި ފަހުންވެސް ހިނގާއެދިޔައީ ތިބާޔަށާއި އަހަރެންނަށް އިންޒާރަކަށް ފުދޭވަރުގެ ޙަދިޘާއެކެވެ.
2019ގެ ހިތްގައިމު ރީތި ދުވަހެއްގެ ހަވީރެވެ. އެ ޚަބަރަކަށް ތިބާ އުއްމީދުވެސް ކޮށްފައިނުވާނޭ ޚަބަރެކެވެ. މަސްވެރިކަމުގައި އުޅުނު މީހެއް މަރުވެގެން ރަށަށް ގެނައި ވާހަކައެވެ. މަރުވަގުތާ ހަމައަށް ހެޔޮޙާލުގައި ހުރި މީހެއްގެ ކުއްލި ވަކިވުމެކެވެ. އެކަމުގެ ސަބަބުން ތިބާއަށްވެސް ސިހުންގެނުވި ނޫންތޯއެވެ!
އޭޒުވާނާއެވެ! ޒުވާން ކަމުގެ ޖޯށުގައި މަޖަލުގައި ހުރިހާ ވަގުތެއް ހޭދަކުރަމުން ދާއިރު، މަރު ތިބާ އަތުލާނެކަން ހަނދާން ނައްތާލީ ކިހިނަކުން ހެއްޔެވެ!
ލޯމަތިން ފެންނަމުންދާ މަންޒަރުތަކުން ޢިބިރަތް ޙާޞިލުކުރާށެވެ. ތިބާގެ ރަށުން ހިނގަމުންދާ ކުއްލި މަރުތަކާމެދު ވިސްނާށެވެ. މަރަކީ އެފަދަ އެއްޗެކެވެ. ނޭންގި ހުއްޓައި އަތުވެދާނެއެވެ. ކުއްލި މަރު ގިނަވުމަކީ ޤިޔާމަތުގެ ޢަލާމާތެކެވެ.
އޭ ޒުވާނައެވެ! ބަލި އެނދުގައި އަމިއްލަ ޙާލައިގެން ނޫޅެވޭވަރުގެ މީހުން އެބަތިއްބެވެ. އެހެނަސް އެމީހުންނަށް ވުރެއް ކުރިން ހަމަ ކުއްލިއަކަށް ވަކިވެ އެދިޔައީ ގަދަފަދަކޮށް ތިބި ބަޔެއްނޫންތޯއެވެ. ތައުބާވެ ހެޔޮޢަމަލުކުރަން ފަށާށެވެ. އެމަގު ތިބާއަށް މާހެޔޮކަން ބޮޑެވެ.
މަރަށް ތައްޔާރުވެ ދަތުރު ހަދައިގެން ތިބެމާހެއްޔެވެ. ކުއްލިއަކަށްވެސް މަރު އަތުވެދާނެއެވެ. ދެންއޮތީ ތިބާކަމެއް ނުވަތަ އަހަރެންކަމެއް ހަމަ އެކަކަށްވެސް ނޭންގެއެވެ. އެނގޭކަމަކީ މަރުވާނެކަމެވެ.
﴿19﴾ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ
“އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.“ (ސޫރަތު ޤާފް:19)