އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

2 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

2 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

2 years ago

އިންތިޚާބީ ރައީސް އާއި ނައިބް ރައީސް, މަޤާމުގެ ހުވާ ކުރައްވައިފި

1 year ago

ކުޑަހުވަދޫ އޮންލައިން

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނައިބް ރައީސް ފައިޞަލް ނަސީމް މަޤާމުގެ ހުވާ ކުރައްވައި ހުވާގެ އިޤްރާރުގައި ސޮއިކުރައްވައިފިއެވެ.


ގަލޮޅު ދަނޑުގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެބޭފުޅުންނަށްވެސް ހުވާ ލައިދެއްވެވީ އުއްތަމަ ފަނޑިޔާރު އަހްމަދު ޢަބްދުﷲ ދީދީއެވެ.


މިކަމަށްޓައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 66 މެންބަރުން ކަމަށެވެ.


މިއަދުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާއި ބޮޑެތި ޖަމާއަތްތަކުން ބައިވެރިވެފައިވާއިރު ޤައުމެއްގެ އެންމެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންްދުރަ މޯދީ އެވެ. ނަރެންދުރަ މޯދީ އާއި ޢިއްޒަތްތެރިން ދަނޑަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެވެ.


11،000 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން ރައީސް ޔާމީނު ނޫން ދެން ތިއްބެވި ރައީސުންނާއި ކުރީގެ ސަރުކާރުތަކުގައި ޤައުމަށް ތަފާތު ދާއިރާތަކުން ޚިދުމަތް ކޮށްދެއްވި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ބައިވެރިވެގެން ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތެވެ.

ކިޔުންތެރިންގެ ހިޔާލު