
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
4 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
4 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
4 years ago
4 years ago
ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަ ކޮށްގެން ވައިގެ މަގުން ދަތުރު ފަށަން ތައްޔާރުވެފައިވާ މަންތާ އެއަރ އިން އޭޓީއާރު 600-70 މަރުކާގެ ދެ މަތިންދާބޯޓު ގަނެފިއެވެ.
ދުނިޔޭގެ އޭވިއޭޝަނާ ބެހޭ ހަބަރުތައް ގެނެސްދޭ “އެޗްއެމްޖީ އެރޯސްޕޭސް”އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުރަތަމަ ބޯޓު މަންތާ އެއާއަށް ޑެލިވާކުރާނީ މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ދެވަނަ ބޯޓު މި އަހަރު ނިމުމުގެ ކުރިން މަންތާ އެއާގެ ފްލީޓާ ގުޅޭނެއެވެ.
“މަންތާ އެއަރ އިން އޭޓީއާރް މަރުކާގެ މަތިންދާ ބޯޓު ހޯދުމުން ދޭހަވަނީ ފަސިންޖަރުންނަށް އެންމެ ރަނގަޅު ހިދުމަށް ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ މިންވަރު،” މަންތާ އެއާގެ ޗީފް އޮޕަރޭޓިން އޮފިސަރު އެޑްވާޑް އެލްސްފޯޑް އޭޓީއާރްގެ ވެބްސައިޓަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.
މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ޑޮމެސްޓިކް ތިން އެއާޕޯޓަކަށެވެ. އެއީ ދ. ކުޑަހުވަދޫގައި ހުންނަ ދާލު އެއަޕޯޓު، ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު އަދި ތ. ތިމަރަފުށީ އެއާޕޯޓެވެ.
މަންތާ އެއަރ އަކީ ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ، އަދި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސެސްގެ ބައެއް ހިއްސާދާރުންނާއި، ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓު ތަރައްގީކޮށް ހިންގާ ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން އުފައްދާފައިވާ ކުންފުންޏެވެ.
މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ކުރިން ނިންމާފައިވަނީ މިހިނގާ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.
ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި ވިލާ އެއަރ އެވެ.