އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

6 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

6 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

6 years ago

މުސްލިމް ފަސް ގައުމެއްގެ ރައްޔަތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި

6 years ago

ކުޑަހުވަދޫ އޮންލައިން

މުސްލިމުންގެ އާބާދީ ބޮޑު ފަސް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.


މި ހުކުމާއެކު މުސްލިމުންގެ އާބާދީ ބޮޑު ލީބިޔާ، އިރާނު، ސޯމާލިއާ، ސީރިއާ އަދި ޔަމަނުގެ ގިނަ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން މަނާ ވާނެ އެވެ.


ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ނިންމެވީ އެއަމުރަކީ މުސްލިމުންނާ މެދު ތަފާތުކޮށް ނެރެފައިވާ އަމުރެއް ނޫން ކަމަށާއި އެފަދަ އަމުރެއް ނެރުއްވުމަކީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިގެންވާ ބާރެއްކަމަށެވެ.


މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޓްރަމްޕް ނެރުއްވި އެއަމުރުގައި ވަނީ އުތުރު ކޮރެއާގެ އިތުރުން ވެނެޒުއޭލާގެ ބައެއް އޮފިޝަލުންވެސް އެމެރިކާއަށް ވަނުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު