
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
4 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
4 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
4 years ago
4 years ago
ރާއްޖޭގައި އަލަށް ޑޮމެސްޓިކް ދަތުރުތައް ފަށާ އެއާލައިން ކަމަށްވާ މަންޓާ އެއާ އިން ވަޒީފާތަކަށް މީހުން ހޯދަން ފަށައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މަންތާ އެއާގެ ހިދުމަތް ފަށައިގަތުމަށް ގާތްގަނޑަކަށް 300 މީހުން އެކި ވަޒީފާތަކަށް ހޯދަން ނިންމާފައިވަނީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުން އަދި ކެބިން ކްރޫންނާއި އިންޖިނިއަރުންނާއި ލީޑް ޓެކްނީޝަނުންނާއި ޓެކްނީޝަނުން ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.
ދ. ކުޑަހުވަދޫ އެއާޕޯޓާއި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމަންޓުން ހަދާ އެއާލައިންގެ މައި ހަބަކަށް ހެދުމަށް ހަމަޖެހިފައި ވަނީ ދ. ކުޑަހުވަދު އެވެ.
ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ދ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު އަދި ތ.އަތޮޅުގެ ރިސޯޓްތަކަށް މަންޓާ އެއާ އިން ފަތުރުވެރިން އުފުލާނެއެވެ. އެއާލައިން އިން ދަތުރުތައް ފަށަނީ ހަތަރު ސީޕްލޭނާއި 72 މީހުންގެ ޖާގައިގެ ތިން އޭޓިއާރް ފްލައިޓް ބޭނުން ކޮށްގެންނެވެ.
ރާއްޖޭގައި މިހާރު އޮންނަނީ ދެޑޮމެސްޓިކް އެއާލައިނެވެ. އެއީ މޯލްޑިވިއަން އާއި ވިލާ އެއާއެވެ.