ކުޑަހުވަދޫގައި ބޯފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އިންޑިއާ ކުންފުންޏަކާ ހަވާލުކުރައްވައިފި

9 months ago

ކުޑަހުވަދޫ އޮންލައިން

ދ ކުޑަހުވަދޫގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ މިއަދު ޙަވާލުކުރައްވައިފިއެވެ.


މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި 22 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 105 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 


ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމުގައިވާ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއެވެ. 


މި މަޝްރޫޢު ނިމުމުން އެ ރަށުގެ ބޯފެނުގެ ޚިދުމަތް ޤާއިމުވެ، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ގަދަ

މަޝާ ﷲ

9 months ago