އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

1 year ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

1 year ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

1 year ago

ކޯވިޑް-19 އާއި ގުޅިގެން ދ.ކުޑަހުވަދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

1 month ago

ކުޑަހުވަދޫ އޮންލައިން

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ ކުޑަހުވަދޫ މޮނިޓަރިން ހާލަތަށް ގެނައުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


އެއީ އެޗްޕީއޭން ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްޓަކައި ކަމަށާއި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އަޑުގަދަކުރާއިން ގޮވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.


ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު، މައުލޫމާތު ލިބޭގޮތުގައި އެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެންނެވެ. އެ މީހާގެ ސާމްޕަލް ނެގި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.


ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން ވަނީ ޖުމްލަ 67 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 24 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 23 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު