ކުޑަހުވަދޫ ލޯކަލް މާރުކޭޓު އެޅުމަށް ބިޑުކުރުމުގެ ފުރުޞަތު ހުޅުވާލައިފި
ކުޑަހުވަދޫގައި ލޯކަލް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް ކައުންސިލުން މިއަދު ވަނީ އިޢުލާނުކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެޑްމިން
ކުޑަހުވަދޫގައި ލޯކަލް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް ކައުންސިލުން މިއަދު ވަނީ އިޢުލާނުކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 މެއި 2025 އިން 25 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލު އިދާރާއަށް ޙާޟިރުވެ ނުވަތަ އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
އޮންލައިންކޮށް ރަޖިސްޓަރީވާ ފަރާތްތަކުން، ފައިސާ ޓްރާންސްފަރ ކުރާނީ ކައުންސިލުގެ ނަންބަރ 7730000135156 އަށެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް procurement@kudahuvadhoo.gov.mv މި އެޑްރެހަށް މެއިލް ކުރެވޭ ގޮތަށް ކައުންސިލުންވަނީ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާފައެވެ.
ކުޑަހުވަދޫ ކައުންސިލުން އިޢުލާނު ކޮށްފައިވާ ލޯކަލް މާރުކޭޓު އެޅުމުގެ ބީލަމަށް ހޮވުމުގައި އިސްކަންދޭނީ ދަޢުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުޞޫލުގެ ދަށުންނެވެ.
މި ބީލަމާއި ބެހޭ މަޢުލޫމާތު ސަރުކާރު ގެޒެޓުުން ލިބިލައްވާނެއެވެ. ކުޑަހުވަދޫގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އަދި މަސައްކަތްތެރިންނަށް މިއީ ބޭނުންތެރި ފުރުޞަތަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް