ޚަބަރު
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
"މުބާރާތުގައި ވާދަކޮށްގެން ހުރާއަށް ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދިފައި ނުވާކަން މުޅި ރާއްޖޭގެ އެންމެންވެސް ހެކިވާނެ، ކުޑަހުވަދޫއިންވަނީ މުޅި މުބާރާތުގައިވެސް މޮޅުކުޅުމެއް ދައްކާފަ." ކުޑަހުވަދޫ ސަޕޯޓަރަކު ބުންޏެވެ.
ދިވެހި ފުޓްބޯޅައިގެ މަސްލަހަތު ނުހަނު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ބީއެމްއެލް ސެންޓްރަލް ރީޒަންގެ ޗެމްޕިއަންކަން ހުރާ ޓީމަށް ދީ، އެފްއޭއެމް އިން އެ ފަރާތަށް ތަށި ހަވާލުކޮށްފިއެވެ. އިއްޔެ ހަވީރު ފެށުނު ދިވެހި ޕްރިމިއާ ލީގުގައި، ހުރާ ޓީމާއި ކުލަބު ގްރީން ސްޓްރީޓް ބައްދަލުކުރި މެޗު ނިމުމާއެކު އެފްއޭއެމް އިން ވަނީ ބީއެމްއެލް ސެންޓްރަލް ރީޒަންގެ ޝީލްޑް ހުރާއަށް ދިނުމުގެ ހަފުލާއެއް ބާއްވާފައެވެ.
މި ހަފުލާ ބާއްވާފައިވަނީ، މުބާރާތުގެ ފަހު މެޗުގައި ކުޑަހުވަދޫގައި ކުޅެ، ހުރާ 4-1 ބަލިވެފައި ވަނިކޮށެވެ. މީގެ އިތުރުން، ކުޑަހުވަދޫގެ ދަނޑުމަތީގައި ހަމަނުޖެހުން ހިންގައި، ހަޑިހުތުރު އެއްޗެހި ގޮވައި، އެފްއޭއެމް އަށާއި ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށާއި ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ގޯނާކޮށް ހަމަނުޖެހުން ހިންގި ހުރާގެ ސަޕޯޓަރުން ވެސް މި ތަށި ހަވާލުކުރުމުގެ ހަފުލާގައި ބައިވެރިވެފައިވެއެވެ.

މި ހަފުލާގެ ތެރެއިން "ހުރާ ޕްލަސް" ކިޔާ ފޭސްބުކް ޕޭޖަކުން ލައިވްކުރި ވީޑިއޯއެއްގައި، ހުރާގެ ސަޕޯޓަރުން ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް އަމާޒުކޮށް މަލާމާތުގެ ބަސްތައް ބުނެ، ފުރައްސާރަކޮށްފައެވެ. ކުޑަހުވަދޫގެ ސަޕޯޓަރުން ފާހަގަކުރި ގޮތުގައި، އެފްއޭއެމްގެ ނިންމުމަކުން ހުރާއަށް ތަށި ލިބުނު ކަމުގައި ވިޔަސް، އެކަމާ ކުޑަހުވަދޫއަށް ފުރައްސާރަކޮށް ބެހެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
"މުބާރާތުގައި ވާދަކޮށްގެން ހުރާއަށް ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދިފައި ނުވާކަން މުޅި ރާއްޖޭގެ އެންމެންވެސް ހެކިވާނެ، ކުޑަހުވަދޫއިންވަނީ މުޅި މުބާރާތުގައިވެސް މޮޅުކުޅުމެއް ދައްކާފަ." ކުޑަހުވަދޫ ސަޕޯޓަރަކު ބުންޏެވެ.
ހުރާ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުން ކުޑަހުވަދޫ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައިވަނިކޮށް، ހުރާއަށް ތަށި ދިނުމަށް އެފްއޭއެމް އިން ނިންމި ނިންމުމަކީ ކަންކަން ބަލަންޖެހޭ ވަރަށް ނުބަލައި، އެއްކޮޅަށް ބުރަވެގެން ނިންމާފައިވާ ނިންމުމެއްކަން ހާމަވާން ހުރި ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެއެވެ. މި މައްސަލަ އަލުން މުރާޖަޢާކޮށް ބަލައިދިނުމަށް ކުޑަހުވަދޫ ކައުންސިލުން އެފްއޭއެމްގައި އެދިފައިވީ ނަމަވެސް، މިހާތަނަށް އެފްއޭއެމް އިން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
ރާއްޖޭގެ ކުޅިވަރުގެ މައި އިދާރާ، އެފްއޭއެމްގެ ދޯހަޅި އަދި ހަރުދަނާކަމެއް ނެތް ހިންގުމުގެ ނިޒާމުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ބޮޑު ހީނަރުކަމެއް އަންނަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. މިފަދަ ބޭއިންސާފު ނިންމުންތަކުގެ ސަބަބުން، ޢާއްމުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ޝައުޤުވެރިކަން ކެނޑި، އެފްއޭއެމްއަށް ކުރާ އިތުބާރު މުޅިން ގެއްލެމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0