ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
ޖޫގޯ )ޛުގޮ( ، މޮޖިޓޯ )ޟޮޖިތޮ( އަދި އެކި ފްލެވާތަކުގެ ބަބުލްޓީ )ޞުބބލެ ޓެަ( ގެ ތަފާތު މީރު ރަހަތައް މިތަނުން ލިބެން ހުރެއެެވެ. މީގެ އިތުރުން ތަފާތު އެކި ބާވަތުގެ މީރު ޝޯޓްއީޓްސް ވެސް ލިބެއެވެ.
އެޑްމިން
ދ. ކުޑަހުވަދޫގެ ވިޔަފާރީގެ ދާއިރާއަށް މިވަނީ އިތުރު ފުރިހަމަކަމެއްލިބި، އާ ހަރުފަތަކަށް މިސްރާބު ޖަހާފައެވެ. އެންމެ ފަހުގެ ޒަމާނީ ރަހަމީރު ބުއިންތައް އެއްތަނަކުން ލިބޭނެ އިތުރު ކެފޭއެއް "ސިޕްޓޮޕިއާ" މިދިޔަ ހޮނިހިރު ދުވަހު މިވަނީ ކުޑަހުވަދޫގައި ރަސްމީކޮށް ހުޅުވާފައެވެ. މިއީ ތަފާތު މީރު ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ހަމަ ޔަގީނުންވެސް ދޫކޮށްލެވޭނެ ތަނެއް ނޫނެވެ. ފެމެލީ ޓޫމާޓު ކައިރީގައި ހުޅުވި ސިޕްޓޮޕިއާ އަކީ ހިތްގައިމު ތަނެކެވެ.
ތަފާތު މީރު ފްލެވާތަކެއް އެއް ފުރާޅެއްގެ ދަށުން
"ސިޕްޓޮޕިއާ" އަކީ ތަފާތު ޑްރިންކްސް އަށް ޚާއްޞަކޮށްގެން ހުޅުވާފައިވާ ތަނެކެވެ. މިގޮތުން މިހާރު އެންމެ މަޤްބޫލު؛
ޖޫގޯ (Jugo) ، މޮޖިޓޯ (Mojito) އަދި އެކި ފްލެވާތަކުގެ ބަބުލްޓީ (Bubble Tea) ގެ ތަފާތު މީރު ރަހަތައް މިތަނުން ލިބެން ހުރެއެެވެ. މީގެ އިތުރުން ތަފާތު އެކި ބާވަތުގެ މީރު ޝޯޓްއީޓްސް ވެސް ލިބެއެވެ.
ޒަމާނީ ފަރުމާކުރުމާއި ބިޒީ ޝެޑިއުލްއަށް އެންމެ ގުޅޭ ޚިދުމަތް
މިތަނުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، ޒަމާނާގުޅޭ ހިތްގައިމު އިންޓީރިއާ އަދި އެކްސްޓީރިއާ ޑިޒައިނިންގ އެވެ. ބަލައިލަން ރީތިވެފައި ހިތްފަސޭހައެވެ. ޓޭކްއަވޭ (Takeaway) އަށް ޚާއްޞަކޮށްގެން ހުޅުވި މިތަނަކީ، މީހުންގެ ބިޒީ ޝެޑިއުލްއާ އެންމެ ގުޅޭގޮތަށް، ވަގުތުން ފަސޭހަކަމާއެކު އޯޑަރުކޮށްލައިގެން ޚިދުމަތް ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

އަދި މީގެ އިތުރުން، 5 އޯޑަރަށްވުރެ ގިނައިން ކުރައްވާ އޯޑަރުތައް ހިލޭ ޑެލިވަރީ ވެސް ކުޑަހުވަދޫގެ ކޮންމެ ހިސާބަކަށްވިޔަސް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވެރިފަރާތުގެ ބަސް: "ޒުވާނުންގެ ވިންދާ އެއްގޮތަށް މި ވިޔަފާރި ފަށާފައިވަނީ ޒުވާނުންނަށް އެންމެ އެކަށީގެންވާ ގޮތް ބަލައިގެން. ކުޑަހުވަދޫގައި މި ޚިދުމަތް އެންމެ ރަނގަޅަށް ދޭނޭ އެއްތަނަށް އަބަދުވެސް 'ސިޕްޓޮޕިއާ' ވެގެންދާނެ. އިންޝާﷲ."
އަތްފޯރާ އަގުތަކަކާއި ހުޅުވިފައި ހުންނާނެ ގަޑިތައް
ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގެ އަގުތަކެއްގައި މީރު ބުއިންތައް ލިބޭ ސިޕްޓޮޕިއާ ހުޅުވިފައި ހުންނާނެ ގަޑިތަކަކީ:
ހޮނިހިރުން ބުރާސްފައްޗަށް: * ހެނދުނު 10:00 އިން ހަވީރު 06:00 އަށް
ރޭގަނޑު 08:00 އިން 10:00 އަށް
ހުކުރު ދުވަހު: * ހެނދުނު 11:30 އަށް ހުޅުވާފައި ހުރޭ
މެންދުރުފަހު 02:00 އިން ހަވީރު 06:00 އަށް
ރޭގަނޑު 08:00 އިން 10:00 އަށް
ސިޕްޓޮޕިއާގެ ތަފާތު ރަހަ ބަލެމަށް އާއިލާތަކާއި އަދި ރައްޓެހިން ގުރޫޕު ހަދައިގެން އަންނަކަން ވެރިފަރާތުން ފާހަގަކުރެއެވެ. ސިޕްޓޮޕިއާ އަށް ޒިޔާރަށްކޮށް ރަހަތަކަށް އިންސާފުކޮށްލާށެވެ. މިފަދަ ވިޔަފާރީތައް ކުޑަހުވަދޫގައި ފެށިގެން ދިއުމަކީ ކުޑަހުވަދޫގެ ތަރައްޤިއަށާއި އިޤުތިޞާދަށް ކުރިއެރުން އެދޭ ހަމަ ކޮންމެ މީހަކުމެ ބޭނުންވާނޭ ކަމެކެވެ.
މެނޫ ބަލާލަން މިއޮތީ ލިންކް: https://linktr.ee/siptopia
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް