"ފަތިސްނަމާދުގެ ކުރިން ތެދުވެ ކިޔަވާލާށެވެ. ވިސްނުންތޫނުވާނެއެވެ." ޑރ.ސައްތާރު
މީގެ އިތުރުން، އެއްކުއްޖަކު އަނެއްކުއްޖަކާއި މުޚާތަބުކުރުމުގައި ވަނަން ބޭނުން ނުކުރުމަށާއި، އެއްކުއްޖަކު އަނެއްކުއްޖަކާއި ރިވެތިބަހުން މުޚާތަބުކުރުމަށް، ނަބަވީ އިރުޝާދުގެ އަލީގައި ވަނީ ކިޔައިދެއްވާފައެވެ.
މުޙައްމަދު އަމްޖަދު
ފަތިސްނަމާދުގެ ކުރިން ތެދުވެ ކިޔެވުމަކީ ކުދިންގެ ވިސްނުންތޫނުވާނޭ ކަމެއްކަމުގައި ޑރ.ސައްތާރު ވިދާޅުވެއްޖެއެވެ.
ޑރ.ސައްތާރު މިހެން ވިދާޅުވެފައިވަނީ، ދ.މާއެނބޫދޫގައި މިއަދު ކުރިއަށްދިޔަ ދަރުސް ސެޝަންގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުންނެވެ. މި ދަރުސް ސެޝަންގައި މާއެނބޫދޫ މަދަރުސާގައި އުނގެނެމުން އަންނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ޑރ.ސައްތާރުގެ ސެޝަންގައި ފިލާވަޅުތައް ދަސްކުރުމަށް ގެންގުޅެންވީ އުކުޅުތަކާއި އިރުޝާދުތައް ވަރަށް ފުރިހަމައަށް ކިޔައިދެއްވިއެވެ. ބައިވެރިންގެ ޝަޢުޤުވެރިކަން ނުގެއްލޭފަދައިން ޢިބުރަތްތެރި ވާހަކަތަކާއި މިސާލުތައް ހިމަނައިގެން ކުރިއަށްގެންދިޔަ ސެޝަންގައި، މުދައްރިސުންނަށް އިޙްތިރާމުކުރުމަށާއި ރިވެތިބަހުން މުޚާތަބުކުރުމަށް ނަޞޭޙަތްތެރިވިއެވެ.
މީގެ އިތުރުން، އެއްކުއްޖަކު އަނެއްކުއްޖަކާއި މުޚާތަބުކުރުމުގައި ވަނަން ބޭނުން ނުކުރުމަށާއި، އެއްކުއްޖަކު އަނެއްކުއްޖަކާއި ރިވެތިބަހުން މުޚާތަބުކުރުމަށް، ނަބަވީ އިރުޝާދުގެ އަލީގައި ވަނީ ކިޔައިދެއްވާފައެވެ.
ކިޔަވާ ދަރިވަރުންނަށް ބޭނުންވާނޭ މުހިއްމު ކަންކަން ބުނެދެއްވަމުން، މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ކާމިޔާބީއަށް ވާޞިލުވުމަށްޓަކައި ކުރަން މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ދެ ދުނިޔެ އެކުއްޖަކަށް ލިބޭނޭ ކަމެއްކަމުގައި ޑރ.ސައްތާރު ބުނެދެއްވީ ޙަޤީޤީ ވާހަކަތަކުގެ ޢަލީގައެވެ. ހަމައެހެންމެ މައިންބަފައިންނަށް އަބަދުވެސް ހެޔޮދުޢާ ކުރުމަށް ނަޞޭޙަތްތެރިވެ ކުރެވިދާނޭ ބައެއް ދުޢާތައް ބުނެދެއްވިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާއެނބޫދޫ ކައުންސިލު އިދާރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް