ވެސްޓް މެރައިން ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ، އޮންނާނެކަން އިޢުލާނުކޮށްފި.
މިއީ ކުޑަހުވަދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ ވެސްޓް މެރައިން ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ފަރާތުން އިންތިޒާމުކުރާ މުބާރާތެކެވެ. ޖުލައިމަހުގެ ޗުއްޓީގައި ބާވަން ތައްޔާރުވަމުން އަންނަ މި މުބާރާތަކީ 19 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްފައިވާ މުބާރާތެކެވެ.
މުޙައްމަދު އަމްޖަދު
ވެސްޓް މެރައިން ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ، އޮންނާނެކަން އިޢުލާނުކޮށްފިއެވެ.
މިއީ ކުޑަހުވަދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ ވެސްޓް މެރައިން ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ފަރާތުން އިންތިޒާމުކުރާ މުބާރާތެކެވެ. ޖުލައިމަހުގެ ޗުއްޓީގައި ބާވަން ތައްޔާރުވަމުން އަންނަ މި މުބާރާތަކީ 19 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްފައިވާ މުބާރާތެކެވެ.
މިއީ ކުޑަހުވަދޫގައި ބޮޑު ފުޓްބޯޅައަށް ޒުވާން ޖީލެއް ތައްޔާރުކުރުމަށް ހިންގޭ މުބާރާތެކެވެ. އަދި ބޮޑު ފުޓްބޯޅައަށް ކުޑަހުވަދޫގައި އޮންނަ ފޯރި ގަދަކުރުމަކީ މި މުބާރާތުގެ މަޤްޞަދެކެވެ.
ވެސްޓް މެރައިންގެ ރައީސް އަލްފާޟިލް މުޙައްމަދު ޞާލިޙް (މޯޑު) މި މުބާރާތާއި ބެހޭގޮތުން ފާހަގަކޮށްފައިވަނީ، މިއީ ދުރުރާސްތާ ޕްލޭނަކާއިއެކު ރޭވިފައިވާ ކަމެއްކަމުގައެވެ. އެގޮތުން މިމުބާރާތް، الله ގެ ވާގިފުޅާއިއެކު ކުރިއަށްއޮތް 5 އަހަރުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މިއަންނަ ޖޫން މަހުގެ 15 ގައި، މުބާރާތުގައި ބައިވެރިވުމަށް އިޢުލާނުކުރެވޭނެއެވެ. މިމުބާރާތުގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ޙާޞިލުކުރާ ކޮންމެ ކުއްޖަކަށް ރަށު ކުޅުންތެރިންގެ ގޮތުގައި ކުޅެވޭނެއެވެ. މީގެ އިތުރުން ރަށުން ބޭރުގެ 4 ކުޅުންތެރިންނަށް ކުޅެވޭނޭ ގޮތަށް މުބާރާތް ފަރުމާކުރެވިފައިވާނޭކަމަށް ވެސްޓް މެރައިންގެ ފަރާތުން ފާހަގަކުރެއެވެ.
ވެސްޓް މެރައިންނަކީ ކުޑަހުވަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން މީގެ ކުރިންވެސް މުބާރާތްތަށް ހިންގާފައިވާ ހިންގުންތެރި ޖަމްޢިއްޔާ އެކެވެ. މި މުބާރާތަކީވެސް ކާމިޔާބު ފޯރިގަދަ މުބާރާތަކަށްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް