ޢީދު އުފާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި
އެޑްމިން
"ޢީދު އުފާ މަސްރޭސް" ގެ ނަމުގައި ދ.ކުޑަހުވަދޫގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން އިޢުލާނުކޮށްފިއެވެ. މިއީ ކުޑަހުވަދޫގައި ބޮޑު ޢީދާއި ދިމާކޮށް، ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މަސްރޭހެކެވެ.
ކުޑަހުވަދޫގައި ޢީދުގެ ޙަރަކާތްތައް މިއަހަރު ހިންގުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ އިތުރުން މުވައްސަސާތަކާއި ޖަމްޢިއްޔާތައް ގުޅިގެންނެވެ. މަސްރޭސް އޮންނާނީ 2025 ޖޫން 08 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އެދުވަހުގެރޭ 20:00 އަށެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 މެއި 29 ވަނަ ދުވަހުގެ 13:00ގެ ކުރިން ގޫގުލް ފޯމް ހުށަހަޅަން ޖެހޭނެއެވެ. ފޯމް ކައުންސިލު އިދާރާގެ ވެބްސައިޓް kudahuvadhoo.gov.mv އިން ލިބޭނެއެވެ.
މުބާރާތުގެ 1 ވަނަ އަށް ދާ ފަރާތްތަކަށް 8000 ރުފިޔާ ކަނޑައެޅިފައިވެއެވެ. އިތުރު މަޢުލޫމާތު ޤަވާޢިދުން ލިބޭނެއެވެ. މުބާރާތުގެ ޤަވާއިދު ގޫގުލް ފޯމާއި، ކުޑަހުވަދޫ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 7748000 ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް