ދީން
ދީލަތިވަންތަކަން - 01
މާތްﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އިސްމުފުޅު ތެރޭގައި الكَرِيْم ވެއެވެ. މާނައަކީ ދީލަތިވަންތައެވެ. މާތްﷲ އަކީ ނިމުމެއް ނެތް ދީލަތިވަންތަ ކަލާނގެއެވެ. އަޅުގަނޑުމެންނަށް ލިބިފައިމިވާ އެންމެހާ ނިޢުމަތްތަކާއި، ރިޒުޤު ފަހި ކޮށްދެއްވަނީ ހަމައެކަލާނގެއެވެ. އެގޮތުން އެކަލާނގެ އަޅުން ހައްދަވައި ބޮޑު ކުރައްވައި، އެތަކެއް ނިޢުމަތްތަކެއް ދެއްވައި، ދުނިޔޭގައި ފުރިހަމަ ސިއްޙަތެއްގައި އުޅުމުގެ ބާރުވެސް ދެއްވިއެވެ. އަދި ކިއެއްތޯއެވެ؟
އިންސާނާ ބަލިވުމުން އެބައްޔަށް ޝިފާވެސް ދެއްވަނީ ހަމައެކަލާނގެ އިރާދަފުޅާއި އެކުގައެވެ. އަޅުގަނޑުމެން ބަނޑުފުރާނަ މުއްތި ކޮއްދިނުމަށްޓަކައި އެކި ކުލަކުލައިގެ އެކި ވައްތަރުގެ މޭވާއާއި ތަރުކާރީއާއި ފުށާއި ހަނޑޫފަދަ ތަކެތިވެސް ދެއްވީ ހަމަ ދީލަތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އިންސާނާ ކަރުހިއްކުމުން ބޯނޭ ފެންވެސް ދެއްވެވީ ހަމައެކަލާނގެއެވެ. އިތުރުކަމަށް ބަލާލާއިރު އެކަލާނގެއީ އަޅަމެން އެންމެހާ އަޅުންގެ ފާފަ ގިނަގިނައިން ފުއްސަވާ ރަސްކަލާނގެއެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މިޚަބަރު ދެއްވަވާފައިވެއެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ:-
۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾
މާނައީ:- ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
އެކަލާނގެ ދީލަތިވަންކަމުން ދެއްވަވާ އެންމެހާ ނިޢުމަތްތަކަށް އަހަރެމެން ޝުކުރުވެރިވާންޖެހޭނެއެވެ.
ލިޔުންތެރިޔާ
އާދަމް ޝާމް
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0