ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ އިސްވެރިންނާއި ކުޑަހުވަދޫ ކައުންސިލުގެ އިސްވެރިން ބައްދަލުކުރަށްވައިފި.
މިއީ ދެމުވައްސަސާއިން، ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
މުޙައްމަދު އަމްޖަދު
ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ އިސްވެރިންނާއި، ކުޑަހުވަދޫ ކައުުންސިލުގެ އިސްވެރިންގެ ވެރިންގެ ބައްދަލުވުމެއް ބާވައިފިއެވެ. މިއީ ދެމުވައްސަސާއިން، ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
ކުޑަހުވަދޫ ކައުންސިލުގެ އ.އެސް.ޖީ އަލްފާޟިލް މުޙައްމަދު ޝިހާމް، ކުޑަހުވަދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ދ.ވާނީ ސެންޓަރާއި ގުޅިގެން ލީޑަރުންނަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމާއިމެދު މަޝްވަރާ ކުރެވުނުކަމުގައެވެ.

މީގެ އިތުރުން މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު ކުޑަހުވަދޫގައި ޕެރޭޑެއް ބޭއްވުމަށް ޕޮލިހުން ބޭނުންވެލައްވާތީ އެކަމުގެ ހުއްދައަށް އެދިލެއްވި ކަމަށާއި، އެކަމުގައި ކައުންސިލުން އެއްބަރުލުންދޭން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިއްޔަ މެންދުރު ކުޑަހުވަދޫ ކައުންސިލު އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޑަހުވަދޫ ކައުންސިލުގެ ރައީސް، އަލްފާޟިލް ޖާދުالله ޙަމީދު އާއި ކައުންސިލުގެ މެންބަރުންނާއި ކައުންސިލުގެ އ.އެސް.ޖީ މުޙައްމަދު ޝިހާމުގެ އިތުރުން ދ.ވާނީ ޕޮލިސް ޓްރޭނިންގ ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް