ރިޕޯޓް
ކުޑަކުދިންނަށް ޚާއްޞަކޮށް ކުޑަހުވަދޫގައި ބޭއްވުނު ހަވީރު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާފައިވާ އިރުޝާދާއި އެގޮތަށް، ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ކުޑަހުވަދޫގައި މިއަދު ވަނީ ބޭއްވިފައެވެ. ކުޑަކުދިންގެ ހަވީރުގެ އިތުރުން ޚާއްޞަ އެސެމްބްލީ އެއްވެސް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. މި އެސެމްބްލީ ކުރިއަށްދާނީ 11 މެއި ވާ އާދިއްތަ ދުވަހުގައެވެ.
ކުޑަހުވަދޫގައި ދުވަހުގެ ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވަނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްނެގުމާއިއެކުގައެވެ. ކުޑަކުދިންގެ ހަވީރުގެ ޙަރަކާތްތަކުގައި ކުޑަހުވަދޫގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ކައިރި ބައެއް ރިސޯޓުތަކުންވަނީ ބައިވެރިވެފައެވެ. އެގޮތުން ދ.އަތޮޅު ކައުންސިލް، ކުޑަހުވަދޫ ކައުންސިލް، ދ.އަތޮޅު ހޮސްޕިޓަލް، މޯލްޑިވްްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ކުޑަހުވަދޫ އަމާންވެށި، ފެނަކަ ކުޑަހުވަދޫ ބްރާންޗް، ކުޑަހުވަދޫ އާރު.ޑީ.ސީ، ދ.އެއަރ ޕޯޓް، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން، ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ، މައިދާން ގެ އިތުރުން ރިއު ރިސޯޓާއި ކަނޑިންމަ އަދި ނިޔާމަ ރިސޯޓުންވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންގެ ހަވީރުގައި ކުދިންނަށް ޝަޢުޤުވެރި ގިނަ ޙަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. ބައިވެރިވި ކޮންމެ މުވައްސަސާއަކުން ކުދިންގެ ޢުމުރާގުޅޭ އެކިއެކި ކުޅިވަރުތައް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ކުދިންގެ ވިސްނުމާއި ބުއްދި އިސްކޮށްގެން ކުޅޭ ބައެއް ކުޅިވަރުތައް ސްޓޯލުތަކުގައި ހުރިކަން ފާހަގަކުރެވުނެވެ. ކޮންމެ ކުޅިވަރެއްގައި ބައިވެރިވެ ޓާސްކު ފުރިހަމަކުރުމުން ހަދިޔާއެއް ކޮންމެ ސްޓޯލަކުންވެސް ކުދިންނަށް ލިބިގެންދިޔަައެވެ. އަދި ދިވެހިވަންތަ ކެރެކްޓަރތައް ސްޓޭޖުމަތިންނާއި އެކި ސްޓޯލުތަކުން ކުދިންނާއި ބައްދަލުކޮށް ހުށަހެޅުންތައްވަނީ ހުށަހަޅާދީފައެވެ. މިއަދުގެ ހަވީރުގައި ކެންޓީނުގެ ޚިދުމަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ކުޑަކުދިންގެ ޙަރަކާތްތައް ކުރިއަށް ދިޔައިރު، ފަލަސްޠީނުގެ ކުޑަކުދިންނަށް އެހީވުމަށް ފަންޑު ފޮއްޓެއްވަނީ ބެހެއްޓިފައެވެ. މިއީ މިފަދަ ދުވަހެއްގައި އެކުދިން މަތިން ހަނދާންކުރުމާއިއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ބެހެއްޓިފައިވާ ފަންޑު ފޮޓެކެވެ.

މިއަދުގެ ހަވީރުގައި ގިނަ ޢަދަދެއްގެ ކުދިން ކުޅިވަރުތަކުގައި ވަނީ ބައިވެރިވެފައެވެ. މިފަދަ ހަވީރެއް ބޭއްވުމަށް ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަކޮށް، ދ.އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ މުވައްސަސާތަކާއި ގުޅިގެން ތަނުގެ އެންމެހާ އިންތިޒާމުތައް ރާވާފައެވެ. އެކަން ހަވީރުގެ ކޮންމެ ދިމާއަކަށް ބަލާލުމުންވެސް ފެނެއެވެ. ކުޑަހުވަދޫ އަކީ އިޖުތިމާޢީ މިފަދަ ކަންކަމުގައި އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.
ކުޑަކުދިންގެ ހަވީރު މިއަދު 18:00 ގައިވަނީ ނިމިފައެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0