ކުޑަހުވަދޫގައި ހުވަނި ގިނަވެ، ކައުންސިލުން ގަސްތަކަށް ބޭސްޖަހަނީ
އެޑްމިން
ކުޑަހުވަދޫގައި ހުވަނި އާދަޔާ ޚިލާފަށް ގިނަވެ ޢާއްމުންނަށް އުނދަގޫތަކެއް ވަމުންދާތީވެ ކައުންސިލުން އިސްނަގައިގެން ހުވަނިބޭސް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފިއެެވެ. ހުވަނިބޭސް ޖެހުމުގެ މަސައްްކަތް ކުރިއަށް ދާނީ ހެނދުނު އަދި ހަވީރުގެ ވަގުތުގައެވެ.
ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންނަށް އުނދަގޫ ނުވާނޭ ގޮތް ބަލައިގެން ކަމަށާއި، އަދި ޢާއްމުންނަށް މިކަމުގެ މަޢުލޫމާތު އަޑުގަދަކުރާ ބޭނުންކޮށްގެންނާއި ކައުންސިލުގެ މީސްމީޑިއާ މަންސަތަކުގައި ޙިއްސާކުރުމަށްފަހުގައި ކަމަށް، މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ކުޑަހުވަޑު ކައުންސިލުގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު އިބްރާހިމް ކުޑަހުވަޑު އޮންލައިނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ރަށުގައި ހުވަނި ހުރިކަމަށް ފާހަގަކުރެވޭ ހުރިހާ ހިސާބަކަށް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުންވަނީ ނިންމާފައެވެ. "ހުވަންޏަށް ޖެހުމަށް ރާއްޖޭގައި ބޭނުންކުރަމުުން އަންނަ ބޭސް މާލެއިން ގެނެސްގެން މަސައްކަތް ކުރިއަށް މިގެންދަނީ، ހައިޕްރެޝަރ ވޮޝާ މެޝިނެއް މިކަމުގައި އަޅުގަނޑުމެން ބޭނުން މިކުރަނީ" އަޙުމަދު ފާހަގަކުރިއެވެ.
ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުޑަހުވަދޫ ކައުންސިލުގެ މުނިސިޕަލް ޔުނިޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް