ކުޑަހުވަދޫއަށް ވައި ގަދަވެ ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ
އެޑްމިން
ގަދަ ވަޔާއިއެކު ކުޑަހުވަދޫގައި މީހުން ދިރިއުޅޭ ގެއެއްގައި ހުރި ބަނބުކެޔޮ ގަހެއްގެ އަފިތައް ބިންދައިގެން ވެއްޓިއްޖެއެވެ.
މިއަދު ހެނދުނު 6:15 ހާއިރު ޖެހުނު ގަދަ ވަޔާއިއެކު ގަހުގެ ބޮޑު ބައެއްވަނީ ބިންދައިގެން ގޮސް އެ ގޭގެ މަގުމައްޗަށް ހުރި ފާރު މައްޗަށް ވެއްޓިފައެވެ. މި ޙާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ހުދު ސަމާލު އިއްޔަ ވަނީ ނެރެފައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މޫސުން ލަފާކޮށްފައިވާ ގޮތުގައި 28ގެ 20:00 - 29 ގެ 2:00 އަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ކަނޑުތަށް ގަދަވާނޭ ކަމަށް ލަފާކޮށްފައިވެއެވެ.
ކުޑަހުވަދޫގެ މިއަދުގެ މޫސުން ބަނަކޮށް ފެންނައިރި ވިލާގަނޑުގައި ވައި ވަރަށް ގަދައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް