“ސާފު ކުޑަހުވަދޫ” ރަށުތެރެ ސާފުކުރުމުގެ ދުވަސް
އެޑްމިން
ދ. ކުޑަހުވަދޫ ކައުންސިލާއި މުއައްސަސާތައް ގުޅިގެން "ސާފު ކުޑަހުވަދޫ" ޝިއާރުގެ ދަށުން ރަށުތެރޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމުގެ ހަރަކާތެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިއަށްދާނީ މާދަމާ 31 މެއި 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން 10:00 އަށެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ޑްރައިވިން ޕިޗް ސަރަހައްދުންނެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަރަކާތުގައި ރަށުގެ ގިނަ މުއައްސަސާތަކުން ބައިވެރިވެއެވެ. މިއީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، މަދިރީގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ވަނީ އާންމުންގެ ފަރާތުން އެދިފައެވެ. މިފަދަ ހަރަކާތްތަކަކީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، ރަށުގެ ވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް