ޚަބަރު
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
ކުރިއަށް އޮތް ބޮޑު ޢީދަށް ތައްޔާރުވުމުގެ ގޮތުން، ކުޑަހުވަދޫގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް ކަމަށްވާ "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތަކީ ކުޑަހުވަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގުޅިގެން ރާވައި ހިންގި ޙަރަކާތެކެވެ. މި ސާފުކުރުމުގެ މަސައްކަތުގައި ކައުންސިލުގެ މުވައްޒަފުންނާއި، ޑަބްލިޔުޑީސީގެ މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުން ޢަމަލީގޮތުން ބައިވެރިވެ، ފޯރިއާއެކު މަސައްކަތް ކޮށްފައިވެއެވެ.

ޢީދު ބަންދަކީ ކުޑަހުވަދޫގެ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުން ޒިޔާރަތްކުރާ ފަރާތްތަކުންވެސް ވަރަށް ގިނައިން ޢާއިލީ ދަތުރުތައް ކުރާ ދުވަސްވަރެކެވެ. އެހެންކަމުން، ދަތުރުދާ ފަރާތްތަކަށް ހިތްފަސޭހަ އަދި ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ވައްލަ ސާފުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.
މި ޙަރަކާތާ ގުޅޭގޮތުން ކައުންސިލުން ވަނީ ރަށަށް ދަތުރުދާ ފަރާތްތަކުންވެސް ތިމާވެއްޓަށް ސަމާލުކަންދީ، ރަށުތެރެ ސާފުކޮށް ބެހެއްޓުމަށް ޚާއްޞަ އިލްތިމާސެއް ކޮށްފައެވެ. ވަކިން ޚާއްޞަކޮށް، އުފެދޭ ކުނި މާޙައުލަށް ދޫކޮށްނުލައި، ރައްކާތެރިގޮތުގައި ނައްތާލުމަށް ސަމާލުވުމަށް އެދިފައިވެއެވެ.
ވައްލަ ސާފުކޮށް ބޭއްވުމަށްޓަކައި ޕްރޮޖެކްޓް އައްކަންގެ ފަރާތުންވެސް އެރަށް ސާފުކުރުމުގެ ޙަރަކާތެއްވަނީ މީގެ ކުރިންވެސްކޮށްފައެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
"ވައްލަ" އަކީ ރައީސުލްޖުމްހޫރިއްޔާ، 21 އޮގަސްޓް 2025 ގައި ކުޑަހުވަދޫގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނުއްވާފައިވާ ރަށެކެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2