ކުޑަހުވަދޫ ކައުންސިލުން ބިން ވިއްކަން އިޢުލާނުކޮށްފި
އެޑްމިން
ކުޑަހުވަދޫ ލޭންޑް ޔޫސް ޕްލޭންގައި ބްލޮކްނަންބަރު: F1-B10 ގައިވާ ބިންތަކުގެ ތެރެއިން އިރުން ހުޅަނގަށް ވާގޮތަށް ދެވަނަ ނަންބަރު ބިން ވިއްކުމަށް ކަނޑައަޅައި، ގޯތި ގަތުމަށް އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ކުޑަހުވަދޫއިން ބިން ގަތުމށް އެދޭ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ފޯމު ފުރިހަމަކޮށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މި ބީލަމުގައި ރަޖިސްޓަރީ ވުމަށް މިއަދު ފުރުޞަތު ހުޅުވާލެވިފައިވާއިރު، ރަޖިސްޓްރީ ވުމުގެ މުއްދަތު 25 މެއި 2025 ގެ މެންދުރު 13:00 އަށް ހަމަވާނެއެވެ.
މި ނީލަމުގައި ބައިވެރި ވުމަށް އެދޭ ފޯމު ރަސްމީ ގަޑީގައި ކުޑަހުވަދޫ ކައުންސިލުން ލިބޭނެއެވެ. އަދި ބީލަމުުގައި ބައިވެރިވެވޭނީ އެކަމަށް ކަނޑައަޅާފައިވާ ފީ 500 ރުފިޔާ ކައުންސިލު އިދާރާއަށް ދެއްކުމަށް ފަހުގައެވެ. ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު 26 މެއިން ފެށިގެން 29 މެއި އާއި ހަމައަށް، eds@kudahuvadhoo.gov.mv އެޑްރެސްއަށް މެއިލް ކުރުމުން ލިބޭނެއެވެ.
ކުޑަހުވަދޫއިން ބިން ވިކުމުގެ މި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބަންދުކޮށްފައިވާ ސިޓީ އުރައިގައެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 1 ޖޫން 2025 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ ކައުންސިލުގެ އިދާރާގައެވެ.
ކުޑަހުވަދޫގެ ހިތްގައިމު މާޙައުލުން ބިން ގަތުމަށް އަދި އިތުރު އިންވެސްޓްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް