"ފަންޑްރައިޒިންގ އިވެންޓް ފޮ ދޮންބެ" ކުޑަހުވަދޫ ޒުވާނުންގެ މަރުކަޒު ސަރަޙައްދުގައި ކުރިއަށްދަނީ
އާދަމް ޝާމް
ކުޑަހުވަދޫގައި މިއަދު ހަވީރު 4ން ފެށިގެން 6 ޖަހަންދެން، ކުޑަހުވަދޫ ޒުވާނުންގެ މަރުކަޒު ސަރަޙައްދުގައި "ފަންޑްރައިޒިންގ އިވެންޓް ފޮ ދޮންބެ" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ކުރިއަށްދަމުން އެބަދެއެވެ.
މި ހަރަކާތުގެ ތެރެއިން ކެންޓީނެއް ހިންގަމުންދާއިރު ކެންޓީނުގައި ތަފާތު ހެދިކާއާއި، ފަނި، ޖޫސް، ކޮފީ އަދި ޕޮޕްކޯން ފަދަ ތަކެތި ލިބެން ހުރިކަން ފާހަގަކޮށްލަމެވެ.
މި ހަރަކާތަކީ ޢާއިލާއަކުން އެ ޢާއިލާގެ މެންބަރަކަށް އެހީތެރިވުމަށް ވުމަށް ބާއްވާ ހަރަކާތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވުމަކީ އެ ޢާއިލާގެ ވަރަށް ބޮޑު އެދުމެއްކަމަށް ވަނީ ބުނެފައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މުޙައްމަދު ފާރިޝް (7428403) އަދި ދުންޔާ މޫސާ (9443539) އާ ގުޅުމަށް ވަނީ އަންގާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޢަބްދުއްސައްތާރުގެ ދިވެހި ރުފިޔާ އެކައުންޓް (7703226326101) އަދި ޑޮލަރު އެކައުންޓް (7704226326101) އަށް ފައިސާ ޓްރާންސްފަރ ކުރެވޭނެކަމަށް ވެސް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް