ދ.އަތޮޅު ހޮސްޕިޓަލުގައި މާދަމާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ނުބައްލަވާނެ.
ދ. އަތޮޅު ހޮސްޕިޓަލުން ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން މާދަމާ ނުބައްލަވާނެކަމަށް އަންގައި ޢާއްމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ޚާއްޞަ ދަންނަވާލުމެއްގައެވެ.
މުޙައްމަދު އަމްޖަދު
މާދަމާ، 1 މެއި 2025 ވާ ބުރާސްފަތި ދުވަހުގައި ދ. އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ނުބައްލަވާނެކަމަށް އެ ހޮސްޕިޓަލުން އަންގައިފިއެވެ.
ދ. އަތޮޅު ހޮސްޕިޓަލުން ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން މާދަމާ ނުބައްލަވާނެކަމަށް އަންގައި ޢާއްމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ޚާއްޞަ ދަންނަވާލުމެއްގައެވެ. މި ދެންނެވުމުގައި، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން މާދަމާ ނުބައްލަވަނީ، މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްކަމުގައިވާ، މަސައްކަތްތެރިންގެ ދުވަސްކަމަށްވުމުންކަން ފާހަގަކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހެވެ. އެ ދުވަސް އެއީ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ދުވަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް