Article Image

ކުޅިވަރު

މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!

ނަމަވެސް، މެޗު ނިމުމާއިއެކު ހުރާ ޓީމުގެ އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން އަދި ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ދަނޑުމަތީގައި ހަމަނުޖެހުން އުފައްދާފައެވެ. އަދި އެފް.އޭ.އެމް އިން މެޗު ބެލުމަށްޓަކައި ދަނޑަށް ހާޒިރުވެތިބި ފަރާތްތަކާއި ދިމާކޮށް، އިޖުތިމާޢީ ޢާއްމު މިންގަނޑާއި ޚިލާފު ބަސްތައް ބޭނުންކޮށްފައިވެއެވެ.

ބީއެމްއެލް ސެންޓްރަލް ރީޖަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަނޑައެޅުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ކުޑަހުވަދޫން ކާމިޔާބުކުރި ނަމަވެސް، މެޗަށްފަހު ފެންމަތިވި މައްސަލައަކާ ގުޅިގެން މުބާރާތުގެ ޗެމްޕިއަން ތަށި ހުރައަށް ދޭން އެފްއޭއެމް (FAM) އިން ނިންމައިފިއެވެ.

މެޗުގެ ފޯރިގަދަ ކުޅުން

މުބާރާތުގެ ނަތީޖާ ކަނޑެއެޅުމުގެ އެންމެ މުހިންމު މެޗުގައި ބައްދަލުކުރީ ފުޓްބޯޅާއިގެ ވަރުގަދަ ދެ ބާރު ކަމަށްވާ ކ.ހުރާ އަދި ދ.ކުޑަހުވަދޫއެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-1 ކުރި ހޯދައި މެޗުން މޮޅުވީ ދ.ކުޑަހުވަދޫ ޓީމެވެ. ނަމަވެސް، މެޗު ނިމުމާއިއެކު ހުރާ ޓީމުގެ އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން އަދި ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ދަނޑުމަތީގައި ހަމަނުޖެހުން އުފައްދާފައެވެ. އަދި އެފް.އޭ.އެމް އިން މެޗު ބެލުމަށްޓަކައި ދަނޑަށް ހާޒިރުވެތިބި ފަރާތްތަކާއި ދިމާކޮށް، އިޖުތިމާޢީ ޢާއްމު މިންގަނޑާއި ޚިލާފު ބަސްތައް ބޭނުންކޮށްފައިވެއެވެ.

Uploaded image

ހުރާގެ ހުށަހެޅުމާއި މައްސަލައިގެ އަސްލު

މެޗު ނިމުމާއެކު ހުރާ ޓީމުގެ ފަރާތުން ވަނީ ކުޑަހުވަދޫ ޓީމާ ދެކޮޅަށް އެފްއޭއެމްއަށް ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައެވެ. ހުރާއިން ފާހަގަކުރި ގޮތުގައި، ކުޑަހުވަދޫ ޓީމުން އެ މެޗުގައި މުބާރާތުގެ ޤަވާޢިދާ ޚިލާފަށް ތިބި 2 ކުޅުންތެރިއަކު ބޭނުންކޮށްފައިވެއެވެ. އެއީ 2 ކާޑު ހަމަވުމުގެ ސަބަބުން އެ މެޗުގައި ނުކުޅެވޭނޭ ކުޅުންތެރިންކަމަށް ހުރާއިން މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ މެޗު ފެށުމުގެ 20 މިނެޓު ކުރިންވެސް ހުށަހަޅާފައިވާނޭކަމަށް ހުރާގެ އޮފިޝަލުން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް މައްސަލަ އިތުރަށް ހޫނުވެ ނުވަތަ 2 ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައިވަނީ ހުރާ ޓީމު މެޗުން ބަލިވެ، މެޗު ނިމުމަށްފަހުގައެވެ.

މައްސަލައިގެ ޚުލާޞާ: މެޗުގައި ކުޑަހުވަދޫ ޓީމުން ކުޅެން އެރުވި ކުޅުންތެރިއަކީ ކުރިން ކުޅުނު މެޗުތަކުގައި ރީނދޫ ކާޑު ހަމަވެ، ގަވާއިދުގެ ދަށުން އެ މެޗަށް ސަސްޕެންޑްވެފައި ހުރި ކުޅުންތެރިއެކެވެ. ގަވާއިދު ބުނާގޮތުން ސަސްޕެންޝަނެއްގައި ހުރި ކުޅުންތެރިއަކަށް އެ މެޗުގައި ނުކުޅެވޭނެއެވެ.

އެފްއޭއެމްގެ ނިންމުން: ތަށި ހުރައަށް

ހުރާ ޓީމުގެ ޝަކުވާއާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ބަލައި، މެޗުގެ ރިޕޯޓްތަކާއި ކާޑުތަކުގެ ރެކޯޑްތައް ދިރާސާކޮށްފައެވެ.

Uploaded image

އެފްއޭއެމްގެ ބެލުމުގެ ދަށުން މައްސަލަ ރަނގަޅަށް ސާފުކުރުމަށްފަހު ނިންމީ، ކުޑަހުވަދޫ ޓީމުން ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން، މުބާރާތުގެ ގަވާއިދަށް ރިއާޔަތްކޮށް، ކުޑަހުވަދޫ މެޗުން މޮޅުވި ނަތީޖާ ބާތިލްކޮށް، މުޅި މުބާރާތުގެ ޗެމްޕިއަންކަން އަދި ތަށި ހުރާ ޓީމަށް ދިނުމަށް އެފްއޭއެމް އިން ވަނީ ރަސްމީކޮށް ނިންމާފައެވެ.

މި ނިންމުމާއެކު، ކުޑަހުވަދޫ ޓީމަށް އަދި ސަޕޯޓަރުންނަށް މާޔޫސްކަމެއް ކުރިމަތިވިއިރު، މުބާރާތުގެ ގަވާއިދުތައް ބަލައި އަހުލުވެރިވެ، ތަންފީޒީ ފަރާތްތަކުން މަސްލަޙަތު ނުގެއްލޭނޭހެން މެޗުގެ ކުރިން ޢަމަލުތައް ބަހައްޓަންޖެހޭކަން މިކަމުން މިވަނީ ހާމަވެފައެވެ. މިއީ ބީއެމްއެލް ސެންޓްރަލް ރީޖަން މުބާރާތުގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އަދި ބަހުސް ބޮޑުވި އެއް ނިމުމެވެ. ހަމަ އެހެންމެ މުބާރާތުގެ އެކި މެޗުތަކުގައި ކުޑަހުވަދޫއިން ހުށަހަޅާފައިވާ މައްސަލަތައްވެސް އެފް.އޭ.އެމް އިން ނުބަލާ ހުރިކަމުގެ ވާހަކަތައް މިހާރު އަންނަނީ ދޫދޫމަތިން ފެތުރެމުންނެވެ.

އެޑްމިން

ލިޔުންތެރިޔާ

އެޑްމިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ