ޑރ.ސައްތާރު ކުޑަހުވަދުއަށް ވަޑައިގެންފި.
ކުޑަހުވަދޫގައި ޑރ.ސައްތާރުގެ ދަރުސް ކުރިއަށްދާނީ 20:30 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިއީ ޑރ.ސައްތާރު ކުޑަހުވަދޫގައި ދެއްވާ މިފަދަ ފުރަތަމަ ދަރުހެވެ.
މުޙައްމަދު އަމްޖަދު
ޑރ.ޢަބްދުއްސައްތާރު ކުޑަހުވަދުއަށް ވަޑައިގެންފިއެވެ. މިއީ ކުޑަހުވަދޫ ކައުންސިލާއި ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ ގުޅިގެން ހުކުރު ދުވަހުގެ ރޭ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުހެއް ދެއްވުމަށް ކުރަށްވާ ދަތުރުފުޅެކެވެ.
ކުޑަހުވަދޫގައި ޑރ.ސައްތާރުގެ ދަރުސް ކުރިއަށްދާނީ 20:30 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިއީ ޑރ.ސައްތާރު ކުޑަހުވަދޫގައި ދެއްވާ މިފަދަ ފުރަތަމަ ދަރުހެވެ.
މިދަރުހަށް ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނަށް ކައުންސިލުގެ ފަރާތުންވަނީ ދަޢުވަތު ދެއްވާފައެވެ.
ޑރ.ސައްތާރުގެ މިދަތުރުފުޅުގައި ކުޑަހުވަދޫގެ އިތުރުން ދ.މާއެނބޫދޫގައިވެސް ދަރުސްދިނުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް