އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
މުޙައްމަދު އަމްޖަދު
ކަނޑުމަހާއި ފަރުމަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ ވަރަށް ސަޅި ޚަބަރެކެވެ. އާދައިގެ މަސްދަތުރުތަކާ ޚިލާފަށް، މުޅިން ތަފާތު އަދި އެހާމެ ފުރިހަމަ ތަޖުރިބާއެއް ކޮށްލަން ބޭނުންނަމަ "އައްކޮ ފިޝިންގ" އަކީ ކުޑަހުވަދޫގައި މިހާރު އެންމެ މަގުބޫލު އެއް ނަމެވެ.
ފަރުމަސްވެރިކަމުގެ ދާއިރާގައި ގިނަދުވަސްވީ، ތަޖުރިބާހުރި ކެޔޮޅު "އައްކޮ" އާއެކު ކުރާ މި މަސްދަތުރުތައް އެހެން ދަތުރުތަކާ ތަފާތުވާ މައިގަނޑު ސަބަބަކީ، މިކަމަށްޓަކައި ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ އުޅަނދާއި ދެވޭ ސަޅި ޚިދުމަތްތަކެވެ.
ޒަމާނީ ދޯންޏެއް: ހަލުވި ދުވެއްޔާއި ފުރިހަމަ ފަސޭހަކަން
"އައްކޮ ފިޝިންގ" އަކީ ދޯނީގެ ދުވެލި ބާރު، ކަނޑަށް ގަދަ އަދި ދަތުރުވެރިންނަށް އެންމެ ފުރިހަމަ އަރާމު ލިބޭނެހެން ފަރުމާކުރެވިފައިވާ އުޅަނދެކެވެ. ދަތުރުމަތީގައި ފާޚާނާކޮށް، ފެންވަރާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ އާއިލާތަކަށާއި ކުޑަކުދިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ދަތުރުމަތީގައި ކައްކައިގެން "ފްރެޝް" ކޮށް ކާލުން!
މި ދަތުރުގެ އެންމެ ޚާއްޞަ އެއް ބަޔަކީ ބާނާ މަސްތައް ދަތުރުމަތީގައި ކައްކައިގެން ކާލުމުގެ ފުރުޞަތު ލިބުމެވެ. ދޯނީގައި ކައްކާ ކެވޭނެ އިންތިޒާމު ހުރިއިރު:
ބާނާ ތާޒާ މަސް ވަގުތުން ކައްކައިގެން ފްރެޝްކޮށް ކާލެވޭނެއެވެ.
ބާބަކިޔު (BBQ) ހަދާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ފުރިހަމައަށް ލިބިގެންދާނެއެވެ.
އައްކޮ ފިޝިންގ އިން މަސްދަތުރުކުރި ފަރާތެއް ތަޖުރިބާ ހިއްސާކުރަމުން ފާހަގަކޮށްފައިވަނީ؛
"އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން 'އައްކޮ ފިޝިންގ' ހަމަ ސަޅި. ކުރިއަށް އޮތް ބޮޑު ޢީދު ބަންދަކީވެސް މިފަދަ ތަޖުރިބާއެއް ކޮށްލަން ރަނގަޅު ދަނޑިވަޅެއް. ފާހަގަކޮށްލަން ބޭނުންވަނީ އައްކޮ އަބަދުވެސް އަންނަނީ މި ފުރިހަމަ ޚިދުމަތް ދެމުންކަން."

ބުކިންގ ހަދާލަން އަވަސްކޮށްލާ!
ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ނުވަތަ ހަފުތާ ބަންދުގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު ހަނދާނުން ނުފޮހެވޭނެ ފަދަ މަސްދަތުރެއް ރާވާލަން ބޭނުންނަމަ، ލަސްނުކޮށް މިހާރުން މިހާރަށް ބުކިންގް ހަދާލަންވީއެވެ.
ގުޅަންވީ ނަންބަރު: 7562319 (އައްކޮ)
ތަޖުރިބާކާރު ކެޔޮޅަކާއެކު، ރައްކާތެރި އަދި މަޖާ މާޙައުލެއްގައި މަސްބާނާލައި، ކާލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް މިއަށްވުރެ ވަކިން ސަޅި ގޮތެއް ނެތެވެ.
ފޭސްބުކް ލިންކް: https://www.facebook.com/share/14eSM8Jz9jm/?mibextid=wwXIfr
ކޮމެންޓް ކުރޭ
ކޮމެންޓްސް (1)
އަސްލު އަދި ދަތުރެއް ނުކުރަން އެކަމް ދޯނިން ދަތުރެއް ނުކުރިކަމުގަވިޔަސް ދޯނި ވަރަން ކައިރިން ބަލާލުމުގެ ފުރުސަތު ލިބުނު ވަރަށް ސަޅި ވަރަށް ހިތްގަައިމް. ދެން ރަށުގަ މަޑުކޮންލެވޭ ދުވަހަކު އާއިލާޔާ އެކު ދަތުރެއް ކޮންލާނަށް. ކީޕް އަޓަޕް. އައްކޮ.