ބޮޑުޢީދުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ މަޝްވަރާތައް މުވައްސަސާތަކާއިއެކު ކުޑަހުވަދޫ ކައުންސިލުން މިއަދުކޮށްފި
އެޑްމިން
އަޟްޙާ ޢީދުގައި ކުޑަހުވަދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކައި ބެހޭގޮތުން މުވައްސަސާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާވައިިފިއެވެ.
އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މުވައްސަސާތަކުގެ ފަރާތުން ބައިވެރވެލެއްވި އިސްފަރާތްތަކާއެކު މަޝްވަރާކުރެވުނެވެ. އަދި މުވައްސަސާތަކުން ޢީދުގެ ޙަރަކާތްތަކުގައި ފުރިހަމަ އެއްބާރުލުންދޭނޭ ކަމާއި އެފަރާތްތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
މިއަހަރުގެ ބޮޑު ޢީދުގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ރައްޔިތުންގެ ބާބަކިޔުގެ އިތުރުން އާއިލީ ހަވީރު ހިމެނެއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލު އިދާރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް