ޚަބަރު

"ދާލު ބްލޫސް މަސްރޭސް" ފުލުހުންގެ އިންޓަރނަލް އިވެންޓް

އާދަމް ޝާމް

އާދަމް ޝާމް

"ދާލު ބްލޫސް މަސްރޭސް" ފުލުހުންގެ އިންޓަރނަލް އިވެންޓް
ދާލު ބްލޫސް ފޭސްބުކް ޕޭގުން ނެގިފައިވާ ފޮޓޯއެއް

ދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ޓީމް ވޯކް ރަނގަޅުކޮށް، ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި "ދާލު ބްލޫސް މަސްރޭސް" ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބާވައިފިއެވެ. މިއީ ދާލު ބްލޫސް ރިކްރިއޭޝަންގެ ފަރާތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމަށް ހަމޖެހިފައިވާ ޙަރަކާތްތެކެވެ.

ދ.އަތޮޅު ކޮމާންޑަރގެ އިތުރުން ދ.އަތޮޅުގައި މަސައްކަތްކުރާ ޕޮލިސް އަދި ސިވިލް ގިނަ އަދަދެއްގެ މުވައްޒަފުން މަސްރޭހުގައި ބައިވެރިވެފައިވެއެވެ. މިއީ ވަރަށް ވާދަވެރި އެހާމެ އެކުވެރިކޮށް ކުރިއަށް ގެންދެވުުނު ޙަރަކާތެކެވެ.

މި މަސްރޭހުގެ ސަބަބުން ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ ރޫޙު އާލާވެގެންދާނެއެވެ. ހަމައެހެންމެ ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، މުޖުތަމަޢުއަށް ދެވޭ ޚިދުމަތް އިތުރަށް ރަނގަޅުވެގެން ދިއުމަކީވެސް މިފަދަ ޙަރަކާތްތަކުގެ އެއް ބޭނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް