ދ.އަތޮޅު ހޮސްޕިޓަލުގައި ވަޒީފާގެ ފުރުޞަތު
މުޙައްމަދު އަމްޖަދު
ދ.އަތޮޅު ހޮސްޕިޓަލުގެ ގިނަ މަޤާމުތަކަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ގިނަ ވަޒީފާތަކެއް އިޢުލާނުކޮށް ގެޒެޓު ކޮށްފައިވެއެވެ. އެގޮތުން އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރގެ މަޤާމާއި އެސިސްޓެންޓް އަކައުންޓް އޮފިސަރ (ވަގުތީ) މަޤާމުގެ އިތުރުން ޑެންޓަލް އޮފިސަރުގެ މަޤާމާއި ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިންގ، އެސެންތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާރޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ، އޯރތޮޕީޑިކްސް. މަޤާމަށް ދިވެހިން ހޯދުމަށްވެސް އިޢުލާނުކޮށްފައިވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 14 މެއި 2025 ވާ ބުދަ ދުވަހުގެ 13:00 އެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 6760561 އަށް ގުޅުއްވުމަށާއި، hr.dhaalhospital@gmail.com އަށް މެއިލު ކުރުމަށް އިޢުލާނުގައި ވެއެވެ.
ދ.އަތޮޅު ހޮސްޕިޓަލުން އަންނަނީ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ދ.އަތޮޅު ހޮސްޕިޓަލުގެ ވަޒީފާތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ރަނގަޅު ފުރުޞަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް