މަގުމަތީގައި ތަކެތި ނުބެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލުން އެދެފި.
14 މެއި 2025 ވާ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެފަދައިން ތަކެތި ބެހެއްޓިފައިވާނަމަ، އެތަކެތި ނަގާ ނިންމާދިނުމަށް ވަނީ އެދިފައެވެ.
އެޑްމިން
ކުޑަހުވަދޫ ކައުންސިލުގެ ޢާއްމު އިޢުލާނުގައި މަގުމަތީގައި ތަކެތި ނުބެހެއްޓުމަށް އެދިއްޖެއެވެ.
ކުރިއަށްއޮތީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ބަންދު ދުވަސްތައްކަމަށްވުމާއިއެކު، ރަށުން ބޭރުގެ ގިނަ ޢަދަދެއްގެ ބަޔަކު ރަށަށް އަރާނެތީ މަގުމައްޗާއި ދުވާރުގެ މަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް ކުޑަހުވަދޫ ކައުންސިލުގެ އިޢުލާނުގައި ވެއެވެ. މިއަދު ގެޒެޓް ކޮށްފައިވާ އިޢުލާނުގައި، 14 މެއި 2025 ވާ ބުދަ ދުވަހުގެ އިރުއޮށްސުމުގެ ކުރިން އެފަދައިން ތަކެތި ބެހެއްޓިފައިވާނަމަ، އެތަކެތި ނަގާ ނިންމާދިނުމަށް ވަނީ އެދިފައެވެ.
ކައުންސިލުގެ ހުއްދައެއް ނެތި 14 މެއިގެ ފަހުން ބަހައްޓާފައިވާ ތަކެތި، ކައުންސިލުން ނަގަމުންދާނޭ ކަމުގައިވެސް އެ އިޢުލާނުގައިވެއެވެ. އަދި މިފަދަ ކަންކަމުގައި ކައުންސިލަށް އަބަދުވެސް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
ކުޑަހުވަދޫއަކީ އަބަދުވެސް ސާފުތާހިރުކަމަށް އަދި މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ރައްޔިތަކުު ދިރިއުޅޭ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް