ބޮޑުޢީދުގައި ކުޑަހުވަދޫގައި އޮންނަ ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
އެޑްމިން
ކޮންމެ ބޮޑުޢީދެއްގައި ކުޑަހުވަޑުގައި ކުރިއަށް ގެންދާ ނައިޓް މާކެޓު މިއަހަރުގެ ބޮޑުޢީދުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ ނައިޓް މާކެޓުގައި ބައިވެރި ވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކައުންސިލުގެ އިޢުލާނުގައި، މިއަހަރުގެ ނައިޓްމާކެޓުގައި ޢާއްމު ވިޔަފާރިތަކާއި ޚާއްޞަ ވިޔަފާރި ތަކުގެ އިތުރުން ކެންޓީނުގެ ޚިދުމަތުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ނައިޓް މާކެޓު ކުރިއަށްދާނީ ޢީދާއި ގުޅިގެން އަންނަ ދުވަސްތަކުުގައެވެ. އެއީ 5 ޖޫން 2025 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 14 ޖޫން 2025 ވަނަ ދުވަހުގެ ރޭގަނޑު 23:00 ގެ ނިޔަލަށެވެ.
މި މާކެޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. ގޫގުލް ފޯމުގެ ލިންކު ކުޑަހުވަޑު ކައުންސިލުން ގެޒެޓުކޮށްފައިވާ އިޢުލާނާއި އެކުގައި އެޓޭޗުވަނީ ކޮށްފައެވެ. އަދި ނައިޓް މާކެޓުގެ 2025ގެ އުޞޫލު ގޫގުލް ފޯމުގައި އެޓޭޗު ކުރެވިފައިވާކަމަށް އިޢުލާނުގައި ވެއެވެ. މާކެޓުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ހަމަވާނީ 25 މެއި 2025 ވަނަ ދުވަހުގެ 14:00 ގައެވެ.
ފޯމުގެ ލިންކު: http://forms.gleXSfHD6Fpn44q1ERB9
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް