ދީން
ތައުބާގެ ދޮރުން ގޮސް ވަންނާށޭ.
ލޮބުވެތި ކިޔުންތެރިންނެވެ. ކުއްލި މަރުތައް ގިނަވުމަކީ ޤިޔާމަތުގެ އަލާމާތެކެވެ. މަރު އައިސް ބައްދަލު ކުރާނެ ވަގުތެއް އެކަކަށްވެސް ނޭނގެއެވެ. ކުޑައެއް ބޮޑެއް ތަފާތު ކުރުމެއް ނެތި، އަޖަލު އައިސް ޖެހުމުން ފުރާނަ ގެންދަވަތެވެ. ކޮންމެ މީހަކާވެސް އެދުވަސް ބައްދަލު ކުރާނެކަން އެއީ ޔަޤީން ކަމެކެވެ.
ރެކެވެން ނެތް ، ވޭންހުރި ކަމެކެވެ. ދިރިތިބީންނަށް ހިއްދަތިކަން ތަޙައްމަލުކުރަން ދޫކޮށްލުމަށް ފަހު، ފުރާނަ އޭގެ ވެރި ރައްބުގެ ޙަޟްރަތަށް އެނބުރި ދެއެވެ. މަސްގަނޑު ބިމުގެ އަޑިއަށް ލައި، ފަސް އެޅުމަށް ފަހު ، މީސްތަކުން އެނބުރި އެމީހެއްގެ ދިރިއުޅުމައިގެން ދެއެވެ.
ކުރެވެން އޮތްހާވެސް ކަމަކީ، އެ ދުވަހަށް ތައްޔާރު ވުމެވެ. އެކަނި ކައްވަޅުގައި އޮންނަން ޖެހޭނެ ދުވަހެއް އަންނާނެކަން ހަނދުމަކުރުމެވެ. ޢަމަލުތައް އިޞްލާޙު ކުރުމެވެ. މަރަކީ އިންސާނާގެ ކުޑަ ޤިޔާމަތެވެ. ދުނިޔޭގައި ކުރި ޢަމަލެއް ހިފައިގެން އެކަނި މާ އެކަނި އޮންނަން ޖެހޭ ދުވަހެވެ. އެހިސާބުން ތައުބާގެ ދޮރު ބަންދުވީއެވެ. ދެމިގެންދާ ޞަދަޤާތެއް ކޮއްފައިވާ މީހަކަށް އެކަމުގެ ހެޔޮ އަޖުރު ދެއްވަތެވެ. އަދި ނުބައިކަމެއް ދޫކޮއްފަ ދިޔަ މީހަކަށް، އެކަމެއްގެ ޢަޛާބުވެސް ލިބިލިބި ހުރެތެވެ.
އޭ އަޚާއެވެ. އޭ އުޚްތާއެވެ. އަޖަލު އައިސް ޖެހުމުގެ ކުރިން ، ތައުބާވާށެވެ. އެކަމުގެ ފައިދާ އޮތީ ހަމަ ތިބާއަށެވެ. ފާފައިގެ ތެރޭގައި ނިމިގެން ގޮސްފިނަމަ އެކަމުގެ ނުބައިވެސް އޮތީ ހަމަ ތިބާއަށެވެ. އެމީހަކު ކުރި ޢަމަލެއްގެ ޒައްރެއްގެ މިންވަރު ވެސް ނުލިބި ނުދާނެއެވެ. ޤިޔާމަތުގެ މައިދާނުގައި ތިބާގެ ރައްބާއި ބައްދަލުވާއިރު، ހުންނަން ބޭނުންވަނީ ކޮން ހާލެއްގައި ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް އުފާވެރިކަމުގެ ޚަބަރު ލިބުން އެދޭ މީހާ، ވިސްނާ ފިކުރު ކުރާނެ ކަމެކެވެ. ފާފައިން ދުރުކޮށްދެއްވާ، ޢަފޫކޮއްދެއްވުން އެދި ދެންނެވުން ގިނަ ކުރާށެވެ. ސުވަރުގެ އެދިގެން އެކަމަށް މަސައްކަތް ކުރާށެވެ. އިންޝާﷲ، އެ އުންމީދުގައި ކުލަޖެހޭނެ ރަޙުމަތެއް ދައްކަވާނެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0