ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނުގެ ޚާއްޞަ ދަރުހެއް ހުކުރުދުވަހުގެ ރޭ ގައި ކުޑަހުވަދޫގައި
މި ދަރުސް ކުރިއަށްދާނީ ހުކުރު ދުވަހުގެ ރޭގަނޑު 20:30 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މުޙައްމަދު އަމްޖަދު
ޑރ.ސައްތާރުގެ ޚާއްޞަ ދަރުހެއް ކުޑަހުވަދޫ ކައުންސިލާއި ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ ގުޅިގެން 2 މެއި ވާ ހުކުރު ދުވަހުގެ ރޭ ގައި ބާވަންވަނީ ހަމަޖެހިފައެވެ.
މި ދަރުސް ކުރިއަށްދާނީ ހުކުރު ދުވަހުގެ ރޭގަނޑު 20:30 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި ޑރ.ސައްތާރަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ޢިބުރަތްތެރި ޙާދިޘާތަކާއި ވާހަކަތައް، އަޑުއަހަން ފަޞޭޙަ ޝައުޤުވެރިގޮތަށް ހުށަހަޅައިދެއެވެ.
ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނުގެ މި ޚާއްޞަ ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަކީ މިކަން އިންތިޒާމުކުރާ ފަރާތްތަކުގެ ވަރަށްބޮޑު އެދުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް