ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކުޑަހުވަދޫ އައުޓްރީޗް ސެންޓަރުގައި ވަޒީފާގެ ފުރުޞަތު
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދ. ކުޑަހުވަދޫގައި މުހިންމު ދެ މަޤާމަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިއީ ރިސޯސް މުދައްރިސް )ޙިފްޡް( އަދި ރިސޯސް މުދައްރިސް )ޤުރްއާން( ގެ މަޤާމެވެ. މި ދެ މަޤާމަކީވެސް 1 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާ ވަގުތީ މަޤާމުތަކެކެވެ.
އެޑްމިން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދ. ކުޑަހުވަދޫގައި މުހިންމު ދެ މަޤާމަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިއީ ރިސޯސް މުދައްރިސް (ޙިފްޡް) އަދި ރިސޯސް މުދައްރިސް (ޤުރްއާން) ގެ މަޤާމެވެ. މި ދެ މަޤާމަކީވެސް 1 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ހުޅުވާލެވިފައިވާ ވަގުތީ މަޤާމުތަކެކެވެ.
މި މަޤާމުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 މެއި 26 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ބޭނުންވާ ލިޔެކިޔުންތައް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން އިޢުލާނުގައިވެއެވެ. އަދި މި ލިޔެކިޔުންތައް info@nchq.gov.mv އަށް އީމެއިލް މެދުވެރިކޮށްވެސް ފޮނުވޭނޭ ކަމަށް މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކުރެވޭނެ ކަމަށްވެސް މަރުކަޒުން ބުނެފައިވެއެވެ.
މި ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދަކީ ދ. ކުޑަހުވަދޫގައި ކީރިތި ޤުރްއާން ކިޔަވައިދިނުމާއި ޙިފްޡްކުރުމުގެ ފެންވަރު މަތިކޮށް، އިސްލާމީ ތަޢުލީމު ފުޅާކުރުމަށް މަގުފަހިކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް