ޝައިޚް ޢަބްދުއްސަލާމުގެ ޚާއްޞަ ދަރުހެއް މިރޭ ދ.ހުޅުދެލީގައި
މިރޭ 20:30 ގައި ދ.ހުޅުދެލީ ސްކޫލު ހޯލުގައި ކުރިއަށްދާ މި ޚާއްޞަ ދަރުހުގެ މަޥްޟޫޢުއަކީ “ހިނދުކޮޅެއް” ކެވެ. މިރޭގެ މަޥްޟޫއަށް އިންސާފުކޮށްދެއްވާ ޝައިޚް ސަލާމް އަކީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖުލީހުގެ ވަކީލެވެ.
އެޑްމިން
ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ޚާއްޞަ ދަރުހެއް މިރޭ ދ.ހުޅުދެލީގައި އޮންނާނެއެވެ. މިއީ “ހަފުތާ ބަންދު ދަރުސް” ގެ ދަށުން ޖަމްޢިއްޔަތުއްސަލަފުން، ރަށް ރަށުގެ ކައުންސިލުތަކާއި ޖަމްޢިއްޔާތަކާއި ގުޅިގެން ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދ.އަތޮޅުގައި މި ހަފުތާ ބަންދުގައި ކުރިއަށްދާ ޚާއްޞަ ދަރުހެވެ.
މިރޭ 20:30 ގައި ދ.ހުޅުދެލީ ސްކޫލު ހޯލުގައި ކުރިއަށްދާ މި ޚާއްޞަ ދަރުހުގެ މަޥްޟޫޢުއަކީ “ހިނދުކޮޅެއް” ކެވެ. މިރޭގެ މަޥްޟޫއަށް އިންސާފުކޮށްދެއްވާ ޝައިޚް ސަލާމް އަކީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖުލީހުގެ ވަކީލެވެ.
ދ.އަތޮޅުގެ 3 ރަށުގައި ކުރިއަށް ގެންދެވޭ މިޙަރަކާތްތަކަކީ ރަށްރަށުގެ ކައުންސިލުތަކުގެ އިތުރުން ޖަމްޢިއްޔާތަކުން އެއްބާރުލުން ދީގެން ކުރިއަށް ގެންދެވޭ ޙަރަކާތްތަކެކެވެ. އެގޮތުން ހުޅުދެލީގެ ހިޔާ ޖަމްޢިއްޔާ ގެ އިތުރުން އެރަށުގެ ހިއްސާ ޖަމްޢިއްޔާއިންވެސް ބައިވެރިވެއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކޮންމެ ހަފުތާއަކުު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް