މަންތާ އެއަރއިން ކެބިންކުރޫ ލައިސަންސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުހުޅުވާލައިފި.
އެޑްމިން
މަންތާ އެއާއިން ކެބިންކުރޫ ލައިސަންސިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކެބިންކުރޫއަކަށް ވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ކުންފުނިން ސްޕޮންސަރ ކޮށްގެން ހިންގާ ޚާއްސަ ތަމްރީން ޕްރޮގްރާމެކެވެ.
މި ކޯހަކީ 5 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މަންތާ އެއާއިން މަޢުލޫމާތު ދެއެވެ. މި ކޯހަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 22 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މަންތާ އެއާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ފުރުސަތު ލިބޭ ފަރާތްތަކަށް ކެބިންކުރޫގެ ދާއިރާއިން ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އަދި އެޕްލިކޭޝަން ހުށަހެޅުމަށް ato@mantaair.mv އަށް އީމެއިލް ކުރުމަށް ނުވަތަ 7774633 ނަންބަރަށް ގުޅުމުން ލިބޭނެއެވެ. މަންތާ އެއަރގެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް