ކުޑަހުވަދޫގައި އުޟްޙިއްޔާ ކަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އެޑްމިން
ކުޑަހުވަދޫގައި އުޟްޙިއްޔާ ކަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އުޟްޙިއްޔާ ކަތިލުމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން އަންނަނީ، ކުޑަހުވަދޫ ކައުންސިލާއި އެހީ ޖަމްޢިއްޔާ އަދި ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ ގުޅިގެންނެވެ.
އުޟްޙީއްޔާ ކަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 މެއި 2025 ގެ ކުރިން 7748000 (ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ޖެނެރަލް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު އައުފް) އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެވޭނެއެވެ.
ކުޑަހުވަދޫގައި މެދުނުކެނޑި އުޟްޙިއްޔާ ކަތިލަމުން އަންނަތާ މިހާރު 9 އަހަރު ވެދާނޭ ކަމަށް، މި ކަން ފަހިކޮށްދިނުމުގައި އުޅުއްވާ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ރައީސް އަލްފާޟިލް އިސްމާޢީލް އާދިލް ވިދާޅުވިއެވެ. ކުޑަހުވަދޫގައި އަޟްޙާ ޢީދު ނަމާދަށްފަހު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކަށް އުޟްޙިއްޔާ ކަތިލުންވަނީ ވެފައެވެ. ރަށުގެ ގިިނަ ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމަށް ފުރިހަމަ ތަރުޙީބު ލިބޭކަން އާދިލް ފާހަގަކުރެއްވިއެވެ.
އުޟްޙިއްޔާ ކަތިލުމަކީ މުސްލިމުން އަޟްޙާ ޢީދާއި ގުޅިގެން ކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރިވެގެންވާ ސުންނަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް