ދީން
އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން: 2
މިފަހަކަށްއައިސް މުސްލިމް ޒުވާނުންގެ ތެރެއިން އަމިއްލަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީ މަރުވާން މަސައްކަތްކުރާ ޚަބަރުތައް، އެކި ނޫސް މަޖައްލާތަކުން ދަނީ ޢާއްމުކޮށް ފެންނަމުންނެވެ. ކުރިން ފާހަގަކޮށްފައިވާނޭފަދައިން ނޭދެވޭ އާދަތަކެއްގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން އިސްލާމީ ރިވެތި ވެށިން މީހާބޭރުވެގެންދެއެވެ. ދީނާ ދުރުވުމުގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށްވެއެވެ.
އަމިއްލަަނަފްސުގެ ސަލާމަތްތެރިކަން
އިސްލާމް ދީނަކީ ސަލާމަތުގެ ދީނެވެ. އަމާންކަމުގެ ދީނެވެ. ރުޅިވެރިކަމާތް ޢަދާވާތްތެރިކަން އޮންނަންޖެހެނީ ދުޝްމަނުނާއިވެސް ވަކި ހަމަތަކާއި އުޞޫލުތަކެއްގެ މަތިންނެވެ. މިހެންކަމުން އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅައެވެ. އަމިއްލަ ނަފްސައްގެއްލުމެއް ދިނުމެއް އަދި ލިބިގަތުމެއްވެސް ނުވެއެވެ. ނަފްސައް ގެއްލުމެއްވާފަދަ އެންމެހާ ކަންކަމުން ދުރުހެލިވުމަށް މިދީން ވަނީ އަންގަވާފައެވެ. ދުޅަހެޔޮކަމާއި ރަނގަޅު ސިއްޙަތެއްގައިވުމަށް ބާރުއަޅުއްވާފައިވެއެވެ. ނަފްސު ރައްކާތެރިކުރުމުގެ މުހިންމުކަން އެނގޭ ވަރަށް ގިނަކަންތައްތައް އެބަހުއްޓެވެ.
1. ފުރާނައަށް ރައްކާތެރިވުން:
މިފަހަކަށްއައިސް މުސްލިމް ޒުވާނުންގެ ތެރެއިން އަމިއްލަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީ މަރުވާން މަސައްކަތްކުރާ ޚަބަރުތައް، އެކި ނޫސް މަޖައްލާތަކުން ދަނީ ޢާއްމުކޮށް ފެންނަމުންނެވެ. ކުރިން ފާހަގަކޮށްފައިވާނޭފަދައިން ނޭދެވޭ އާދަތަކެއްގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން އިސްލާމީ ރިވެތި ވެށިން މީހާބޭރުވެގެންދެއެވެ. ދީނާ ދުރުވުމުގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށްވެއެވެ.
ތިމާ ދުނިޔެ މަތީގައި ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުނުވުމަކީ މާޔޫސްވާން ޖެހޭ ކަމެއްނޫނެވެ. އީމާނުގެ އަހުލުވެރިންނާ ކަމެއް މެދުވެރިވެއްޖެނަމަ ކެއްތެރިވެއެވެ. އިމާންކަން ދައްވުމުގެ ނަތީޖާއަކީ މިފަދަ ޙާލަތްތައް ތަޙައްމަލުކުރާނޭ ގޮތް ނޭންގި އަމިއްލައަށް ނަފުސައް ގެއްލުންދެވޭންއުޅުމެވެ. އަމިއްލަ ނަފްސައް ގެއްލުމެއް ދިނުމުގެ ކުރީގައި ﷲ ގެ މިވަޙީ ބަސްފުޅާއިމެދު ވިސްނާލާށެވެ. މުއްމިނޫން ސޫރަތުގެ 62 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައީވެއެވެ. '' އަދި އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަން ރަސްކަލާނގެ ތަކުލިފެއް ނުޖައްސަވަމެވެ. އަދި ޙައްޤު ގޮތުގައި ބަސްބުނާ ފޮތެއް، ތިމަންރަސްކަލާނގެ ޙަޟުރަތުގައިވެެއެވެ. އަދި އެއުރެއްނަށްތަކައި ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ."
އާޔަތުން އެނގެނީ ނަފްސައް ނުއުފުލޭވަރުގެ ކަމެއް އެކަލާނގެ ނުޖައްސަވާނެކަމެވެ. ﷲ އަކީ އަޅުތަކުންނަށް އެންމެ އޯގާވަންތަ އިލާހެވެ. އަމިއްލަ ނަފްސައް ގެއްލުމެއް އަނިޔާއެއް ދިނުމުގެ ކުރިން އިސްލާމީ ޢަޤީދާއިން ސިކުނޑި ވަރުގަދަކޮށް އީމާން ކަމުގެ ތިލަފަތް ބަރުކޮށްލުމަށް ދީނުގެ ތަރާދުގެ ތެރެއަށް ވަނުމަކީ ނުހަނު މުހިންމުކަމެކެވެ. ފުރާނައަށް ގެއްލުން ދިނުމުގެ ނުރައްކާތެރިކަން މާތް ނަބިއްޔާ ﷺ ވަނީ އުއްމަތައް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. (مَن قَتَلَ نَفسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهِا فِي بَطنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَن شَرِبَ سَمًّا فَقَتَلَ نَفسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَن تَرَدَّى مِن جَبَلٍ فَقتَلَ نَفسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا) މާނައީ: ''ހަތިޔާރަކުން އެމީހެއްގެ ނަފްސު އަމިއްލައަށް ޤަތުލުކޮށްފި މީހާ، އެހަތިޔާރުން އޭނާގެ ނަފްސު ޤަތުލުކުރާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ޒަހަރެއް ބޮއިގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެޒަހަރު ބޮއިބޮއި ހުންނަ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ފަރުބަދައެއް (ނުވަތަ އުސްތަނެއް)ގެ މަތިން ފުއްމާލައިގެން އޭނާގެ އަމިއްލަ ނަފްސު ޤަތުލުކޮށްފި މީހާ (އޭނާ ފުއްމާލި ތަނަކުން) ވެއްޓެމުންދާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ.''(رواه البخاري ومسلم) އަދިވެސް އެކަލޭގެފާނުގެ އެހެން ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ދަންޖެހިގެން މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގެ ތެރޭގައި ދަންޖެހިފައި ހުންނާނެއެވެ.'' (رواه البخاري) މިފަދަ ބަސްފުޅުތަކަށް ވިސްނާލުމުން ކަމުގެ ނުރައްކާތެރިކަން އެނގި ރައްކާތެރިކަމުގެ މަގު އިޚްތިޔާރުކުރުމަށް ފުރުޞަތަކަށްވެގެންދެއެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0