ކައުންސިލުގެ އައު ސެކްރެޓަރީ ޖެނެރަލް ކަމަށް މުޙައްމަދު ޝިހާމް
ދ.ކުޑަހުވަދޫ ކައުންސިލުގެ އައު ސެކްރެޓަރީ ޖެނެރަލް ކަމަށް އަލްފާޟިލް މުޙައްމަދު ޝިހާމު ހަމަޖައްސަވައިފިއެވެ. މުޙައްމަދު ޝިހާމް މަޤާމަށް ހަމަޖެހުމާއި ގުޅިގެން މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކާއި މިއަދުވަނީ ހަވާލުވެވަޑައިގެންފައެވެ.
އެޑްމިން
ދ.ކުޑަހުވަދޫ ކައުންސިލުގެ އައު ސެކްރެޓަރީ ޖެނެރަލް ކަމަށް އަލްފާޟިލް މުޙައްމަދު ޝިހާމު ހަމަޖައްސަވައިފިއެވެ. މުޙައްމަދު ޝިހާމް މަޤާމަށް ހަމަޖެހުމާއި ގުޅިގެން މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކާއި މިއަދުވަނީ ހަވާލުވެވަޑައިގެންފައެވެ. އަދި ކައުންސިލުގެ މެންބަރުނާއި މުވައްޒަފުން މިއަދު ވަނީ އެސް،ޖީ އަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ކައުންސިލުގެ އައު އެސް،ޖީ އަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވަނީ، ކައުންސިލްގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ފުރިހަމައަށް ކުރިއަށް ގެންގޮސްދެއްވުމަށް އައު އެސް.ޖީ ގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

އަލްފާޟިލް މުޙައްމަދު ޝިހާމް މި މަޤާމަށް ހަމަޖެއްސެވުމުގެ ކުރިން ހުންނެވީ ކުޑަހުވަދޫ ކައުންސިލުގެ، ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައެވެ. އަދި މީގެ އިތުރުން ވަގުތީ އެސް.ޖީގެ ގޮތުގައި މަސައްކަތް ކަރައްވަމުންގެންދެވީ ވެސް، މުޙައްމަދު ޝިހާމެވެ.
ކުޑަހުވަދޫ ކައުންސިލުގެ އައު އެސް.ޖީ އަށް ކުޑަހުވަދޫ އޮންލައިނުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް