ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުޑަހުވަދޫ ކައުންސިލާއި ބައްދަލުކޮށްފި
އެޑްމިން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުޑަހުވަދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުޑަހުވަދޫގައި ޔުނިވަރސިޓީގެ ފަރާތުން ކުރިއަށް ގެންދެވިދާނެ ކޯސްތަކާއި ތަމްރީނު ޕްރޮގުރާމުތަކާ ބެހޭ ގޮތުން ކައުންސިލާއިއެކު މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ޔުނިވަރސިޓީގެ ފަރާތުން 2 ފެކަލްޓީއަކާއި ސްޓޫޑަންޓް ސަޕޯޓްސް ސަރވިސަސްގެ މުވައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ. މި ދަތުރަކީ "ފަހި އެން.އެމް.ޔޫ" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މިއީ ޔުނިވަރސިޓީން ހިންގާ ކޯސްތަކާބެހޭ މަޢުލޫމާތު ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، އަލަށް ސްކޫލު ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ފޯރުކޮށްދިނުމުގެ ޕްރޮގުރާމެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގޮފިތަށް އަދި ޢިލްމީ ކުރިތައް އަތޮޅުތެރޭގައި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ، މިއީ އެފަދަ މަސައްކަތެއްގެ ބޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް