ދީން
އަހަރެން އިސްލާމް ދީން ޚިޔާރުކުރީ ކީއްވެ؟
އަހަރެން އިސްލާމް ދީން ޚިޔާރުކުރީ ކީއްވެ؟
އަހަންނަކީ މުސްލިމަކާ އިނދެގެން އުޅޭ ދެ ދަރިންގެ މަންމައެކެވެ. އަހަރެން އުޅެނީ، އިނގިރޭސިވިލާތުގެ އަވަށެއްކަމުގައިވާ ލޫވިސްގައެވެ. އަހަންނަކީ މި އަވަށުގައި އުޅޭ ހަމައެކަނި ހިޖާބީ ކަމަށްވެސް ވެދާނެއެވެ.
އަހަރެން އުފަންވެ ބޮޑުކުރީ، ބޮޑަށް ވާތުފިޔައަށް ލެނބޭ، މެދު ފަންތީގެ، އެއްވެސް ދީނެއް ޤަބޫލުނުކުރާ ޢާއިލާއަކުންނެވެ. އަހަރެންގެ ބައްޕައަކީ ޕްރޮފެސަރެކެވެ. މަންމައަކީ ޓީޗަރެކެވެ. ކެމްބްރިޖް ޔުނިވަރުސިޓީން، 2000 ވަނަ އަހަރު އަހަރެން މާސްޓަރ އޮފް ފިލޯސަފީ ހަދައި ނިމުނު އިރު، މިޞްރާއި، އުރުދުނާއި، ފަލަސްތީނާއި، އިސްރާއީލުގައި އަހަންނަށް މަސައްކަތް ކުރެވިފައިވެއެވެ. އޭރު، އިސްލާމް ދީނާ ބެހޭގޮތުން އަހަރެންގެ ހުރީ ވަކި ގޮތަކަށް ނިޔާ ކުރެވިފައިވާ ވިސްނުމެކެވެ. އެހެނަސް، މުސްލިމުންގެ ޢަޤީދާއިން އެމީހުން ހޯދާ ބާރުގެ ސަބަބުން އަހަރެން އަޖައިބުވިއެވެ. މުސްލިމުން، އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ކިތަންމެ ގޯސްވިޔަސް، އަހަރެންނާ ބައްދަލުވި ކޮންމެ މުސްލިމެއްވެސް ފެންނަނީ، ވަރަށް ހަމަޖެހިލައިފައިވާ، ސާބިތުކަންމަތީ ހުންނަ މީހެއްގެގޮތުގައެވެ. މިއީ، އަހަރެން އެ ދޫކުރި ދުނިޔެއާ މުޅިން ތަފާތު ކަމެކެވެ.
2001 ވަނަ އަހަރު، އުރުދުން ރައްޔިތަކާ އަހަރެން ކައިވެނި ކުރީމެވެ. އޭނާ ނިސްބަތްވަނީ މުސްލިމް ޢާއިލާއަކަށް ކަމުގައިވިޔަސް، އެމީހުންނަކީ، އެހައި ދީނަށް އުޅޭ ބައެއް ނޫނެވެ. އެންމެ ފުރަތަމަ އަހަރެމެން ކައިވެންޏަށްފަހު އުޅުނީ، ހުޅަނގުގެ ގޮތްފޮތަށެވެ. ބާރތަކަށާއި ކުލަބުތަކަށް ގޮސް އުޅުނީމެވެ. އެދުވަސްވަރު، އަހަރެން ޢަރަބި ބަސް ކިޔަވާން ފެށީމެވެ. އަދި، ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއެއް ކިޔާންފެށީމެވެ. އަހަންނަށް ފެނުނީ، އިލާހެއްވާކަމުގެ ހެކިވަނީ ވިޔަނެތް (އަދަދުނުވާ) ރީތިކަމާއި ކާއިނާތު އުފެއްދެވުމުގައިވާ ހަމަހަމަކަން ވާކަމުގައި ދައުވާކުރާ ފޮތެއް [ޤުރުއާން] އަހަރެން ކިޔަނިކޮށެވެ. އަހަންނަށް ބަރަކާތް ލެއްވުމަށް ފާދިރީއެއް ބޭނުން ނުވާކަމަށް ބުނާ ފޮތެއް [ޤުރުއާން] ކިޔަނިކޮށެވެ. އަދި، އަޅުކަން ކުރާން ވަކި މުޤައްދަސް ތަނެއް ނުވާކަމަށް ބުނާ ފޮތެއް [ޤުރުއާން] ކިޔަނިކޮށެވެ. ދެން، އަހަރެން ބަލާންފެށީ އިސްލާމު ދީނުގެ ކަންކަން ކަމުގައިވާ، ރޯދަހިފުމާއި، ޒަކާތާއި، ޢިއްފަތްތެރިކަންފަދަ ކަންކަމަށެވެ. އެކަންކަމަކީ، ހަރުކަށި ކަންކަންކަމަށް ކުރިން އަހަރެން ދުތް ކަންކަމަށެވެ. އެއީ، ފަރުދީ މިނިވަންކަން ހަނިކުރާ ކަންކަން ކަމަށް އަހަންނަށް ކުރިން ވިސްނުނު ވިސްނުން އެހިސާބުން ދޫކޮށްލީމެވެ. އެއާޚިލާފަށް، އެކަންކަމަކީ، އަމިއްލަ ނަފްސުގެ ކޮންޓްރޯލް ލިބިދޭ ކަންކަން ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭން ފެށިއެވެ.
އަހަންނަކީ މުސްލިމެއްކަމަށް އަހަރެންގެ ހިތުން ޤަބޫލުކުރާން ފެށީމެވެ. އެކަމަކު، އެކަން މާ އަޑުހަރުކޮށް ފާޅުކުރުމުގެ ބޭނުމެއް އޮތްކަމަކަށް އަހަންނަކަށް ނުފެނުނެވެ. އަހަރެންގެ އެއްބައި މަސައްކަތްކުރީ، އަހަންނާއި އަހަރެންގެ ޢާއިލާއާއި ރަޙްމަތްތެރިންނާ މައްސަލައެއް ޖެހިދާނެތީ އެކަން ވިޔަ ނުދޭށެވެ. އެންމެފަހުން، މުޖުތަމަޢަށް އަހަރެން އިސްލާމްވިކަން ހާމަކޮށްދިނީ އަހަރެންގެ ހިޖާބެވެ. އަހަންނަށް އިޙްސާސްކުރެވޭން ފެށީ، ހިޖާބު ނާޅައިފިނަމަ، އަހަރެންގެ ނަފްސަށް އަހަރެން ތެދުވެރި ނުވީކަމަށެވެ. ހިޖާބު އެޅުމުގެ ސަބަބުން، ދެބަސްވުމާއި، މަޖާ ކަންކަންވެސް ހިނގިއެވެ. އަހަރެންނަށް ކެންސަރު ޖެހުނީކަމަށް ހީކޮށް މީހުން ސިމިސިމިލެއްވިއެވެ. އެހެންނަމަވެސް، އަހަރެން އުފާވީ، އަހަރެންގެ އެއްވެސް ޚާއްޞަ ގުޅުމަކަށް، އަހަރެން އިސްލާމުވުން އެއީ އެހައި ކަމަކަށް ނުވިކަމެވެ.
ނޯޓް: މިއީ، ދަ ގާރޑިއަންގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
ތަރުޖަމާ: ޑރ.ޝަމްސުލް ފަލާޙް
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0